ތައިލެންޑުގަައި ހުންނަ ރާއްޖޭގެ ސަފީރުކަމަށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގު ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ފުއާދު މީގެ ކުރިން ހުންނެވީ އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ ގޮތުގައެވެ.

އާ ގާނޫނުއަސާސީއާއެކު 2008 ވަނަ އަހަރު، އީސީގެ މެންބަރެއްގެ ގޮތުގައި ގުޅިވަޑައިގެން، އެއް އަހަރު ދުވަހު އެ ކޮމިޝަންގައި މަސައްކަތް ކުރެއްވުމަށްފަހު 2009 ވަނަ އަހަރު ކޮމިޝަންގެ ރައީސްކަމަށް ފުއާދު އައްޔަންކުރިއެވެ.

އެ އަހަރުން ފެށިގެން 2014 ވަނަ އަހަރުގެ މާޗު މަހާ ހަމައަށް ކޮމިޝަންގެ ރައީސްކަމުގެ މަގާމު ފުރުއްވުމަށްފަހު ފުއާދު އިީސީން ވަކިވެވަޑައިގެންނެވިއެވެ. އަދި ދެވަނަ ފަހަރަށް އެ ކޮމިޝަނާ ގުޅިވަޑައިގެންނެވީ 2019 ވަނަ އަހަރުއެވެ.