ފަސް މަހަށްފަހު މެންޗެސްޓާ ޔުނައިޓެޑްގެ ސްޕޯޓިން ޑިރެކްޓަރު ޑެން އެޝްވާތު މަގާމުން އިސްތިއުފާ ދީފިއެވެ.
އުމުރުން 53 އަހަރުގެ އެޝްވާތު ޔުނައިޓެޑްގެ ސްޕޯޓިން ޑިރެކްޓަރުކަމާ ހަވާލުވެފައި ވަނީ މިދިޔަ ޖުލައިމަހު އެވެ. އެއީ ޔުނައިޓެޑްގެ ކޯ އޯނަރު ކަމާ ހަވާލުވި ސާ ޖިމީ ރެޓްކްލިފް އެކްލަބުގެ މަތީފަޑިއަށް ގެނައި އެއް ބަދަލެވެ. ޔުނައިޓެޑުން އެޝްވާތު ގެންދިޔައީ ނިއުކާސަލްގެ ސްޕޯޓިން ޑިރެކްޓަރުގެ މަގާމުގައި ހުއްޓައެވެ.
ޔުނައިޓެޑުން މި ސީޒަނުގައިވެސް އުނދަގޫ ހާލަތެއްގައި އޮތް އިރު، އެޓީމުގެ ކޯޗުކަމުގައި ސީޒަން ފެށި އެރިކް ޓެން ހާގު މަގާމުން ވަކިކޮށް، މިހާރު ޓީމުގެ ކޯޗުކަން ހަވާލުކޮށްފައި ވަނީ ރުބެން އަމޯރިމްއާ އެވެ. އޭނާއާ ހަވާލުވިފަހުން ކުޅުނު މެޗުތަކުގެ ނަތީޖާއަށް ބަލާއިރުވެސް ޔުނައިޓެޑަށް އަދި ހަމަޖެހިލެވޭކަށް ނެތެވެ.
އެންމެފަހުން މިހަފުތާގެ ލީގުގައި ޔުނައިޓެޑުން ނޮޓިންހަމް ފޮރެސްޓް ކައިރިން 3-2 އިން ބަލިވެފައިވާ އިރު، އެ މެޗަށްފަހު އެ ކްލަބުގެ ޗީފް އެގްޒެކެޓިވް އޮމަރް ބެރާދާއާ އެޝްވާތު ވަނީ ބައްދަލުކޮށްފައެވެ. ކްލަބުން ބުނީ އެޝްވާތު މަގާމުން ދުރަށް ޖެހިލީ ދެފަރާތުން އެކަމަށް އެއްބަސްވެގެން ކަމަށެވެ.
އެޝްވާތު ޔުނައިޓެޑަށް ގެންދިޔައީ ނިއުކާސަލްއާއެކު ހަދާފައިވާ އެއްބަސްވުން ބާތިލުކުރުމަށް 10 މިލިއަން ޕައުންޑްގެ އަގެއްވެސް ދެއްކުމަށްފަހު އެވެ. އެޝްވާތަކީ ދުނިޔޭ ފުޓުބޯޅައިގައި ހަރަކާތްތެރިވާ އެންމެ ވަރުގަދަ އެއް ސްޕޯޓިން ޑިރެކްޓަރެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު