ޖަރުމަނު ލީގުގައި ބަލިނުވެ ދަމަހައްޓަމުން އަންނަ ރެކޯޑް ދަމަހައްޓައި، ބަޔާން މިއުނިކް ރޭ ކުޅުނު މެޗުގައި ހެއިޑެންހެމް ބަލިކޮށްފިއެވެ.
ރޭ އަމިއްލަ ދަނޑުގައި ބަޔާނުން ކުޅުނު މެޗުގައި ހެއިޑެންހެމް ބަލިކުރީ 4-2ގެ ނަތީޖާ އަކުންނެވެ. ބަޔާނުން މި ވަގުތު ލީގު ތާވަލުގެ އެއްވަނައިގައި އޮތީ 13 މެޗުން 33 ޕޮއިންޓާއެކުއެވެ. އެއީ މި ސީޒަންގެ ލީގު މެޗަކުން ބަލިނުވެ، 10 މެޗުން މޮޅުވެ، ތިން މެޗުން އެއްވަރު ވެގެންނެވެ.
ދެވަނައިގައި އޮތް އިންޓްރެޗްޓް ފްރެންކްފާޓަށް 13 މެޗުން ލިބިފައިވަނީ 27 ޕޮއިންޓެވެ.
ރޭގެ މެޗަށް ބަޔާނުން ނުކުތީ ހެރީ ކޭންއާއި މެނުއަލް ނޯޔާ އަދި ސާޖް ނަބްރީ އަދި މަތިއެސް ޓެލްވެސް ނުލައެވެ. އެއީ އަނިޔާގެ ސަބަބުންނެވެ. ރޭގެ މެޗުގެ ފުރަތަމަ 11 ގައި ޖަމާލް މުސިއާލާވެސް ހިމެނިފައި ނުވާއިރު، ކޯޗު ވިންސެންޓް، ކޮމްޕެނީ އޭ ބޭނުންކުރީ ބަދަލަކަށެވެ.
ކުރީކޮޅުގައިވެސް ބަޔާނުން ނުރައްކާކުރި އިރު، ޑަޔޮޓް އުޕަމެކާނޯ ބަޔާނަށް ލީޑު ނަގައި ދިނީ ޖޯޝުއާ ކިމިކްގެ ކޯނަރަކުންނެވެ. ބަޔާނުން ފުރަތަމަ ހާފު އިތުރަށް ޑޮމިނޭޓް ކޮށްފައިވާ އިރު، އަލްފޮންސޯ ޑޭވިސްގެ ހަމަލާއަށް ދަނޑިއަށް އަމާޒުވެފައިވެއެވެ.
ދެވަނަ ހާފު ފެށިގެން މަތިއަސް ހޮންސާކްގެ ގޯލުން ހެއިޑެންހެމް އެއްވަރުކުރި ކުރުމާއެކު މުސީއާލާ ކުޅެން ނެރެ ބަޔާނުން މެޗުގެ އޮއިވަރު ބަދަލުކޮށްލިއެވެ. މުސިއާލާ ދެ ގޯލު ޖެހި އިރު، އޭނާގެ ދެވަނަ ގޯލު ފެނުނީ މެޗު ނިމެން ދަނިކޮށެވެ. ބަޔާނުން މެޗުގައި ޖެހި އަނެއް ގޯލަކީ ލެއޯން ގޮރެޓްސްކާ ޖެހި ގޯލެކެވެ.
ހެއިޑެންހެމްގެ ދެވަނަ ގޯލު މެޗުގެ ފަހުކޮޅުގައި ޖަހައިދިނީ ނިކްލަސް ޑޯޝްއެވެ.
ޖަރުމަން ބުންޑަސްލީގާ
ޖަރުމަން ބުންޑަސްލީގާ
ޖަރުމަން ބުންޑަސްލީގާ
ޖަރުމަން ބުންޑަސްލީގާ