ކްލަބު ވޯލްޑް ކަޕްގެ އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން، އަންނަ އަހަރު ބާއްވާ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ޔުވެންޓަސްއާ ވާދަކުރަން ޖެހިއްޖެއެވެ.
ފީފާއިން އާ ފޯމެޓަކަށް ބާއްވާ އަންނަ އަހަރުގެ ކްލަބު ވޯލްޑް ކަޕްގައި ޖުމުލަ 32 ޓީމަކުން ވާދަކުރާނެއެވެ. އަންނަ އަހަރު ޖޫން 15 އިން ޖުލައި 13 އަށް އެމެރިކާގައި ބާއްވާ ކްލަބު ވޯލްޑް ކަޕްގައި 63 މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ. އެއީ 29 ދުވަހަށް ދެމިގެންދާ ގޮތެއްގައެވެ.
މުޅިން އާ ކްލަބު ފުޓުބޯޅަ މުބާރާތެއްގެ ވިސްނުމާއެކު ފީފާއިން ބާއްވާ މުބާރާތަށް ރޭ ވަނީ ގުރު ނަގައިފައެވެ. އެމެރިކާގެ 12 ސްޓޭޑިއަމެއްގައި ހޯސްޓް ކުރާ މުބާރާތަށް ގުރު ނެގުމަށް ރޭ ބޭއްވި އިވެންޓްގައި ފުޓުބޯޅައިގެ ލެޖެންޑަރީ މޫނުތައް ފެނިގެން ގޮސްފައިވެއެވެ.
ހަތަރު ޕޮޓަކަށް ޓީމުތައް ބަހާލައިގެން ކްލަބު ވޯލްޑް ކަޕްގެ ގުރު ރޭ ނަގާފައިވާ އިރު، މިވަގުތު ދުނިޔޭގެ ޗެމްޕިއަން ސިޓީއާއެކު ގްރޫޕް ޖީގައި ހިމެނެނީ ޔުވެންޓަސްއާއި މޮރޮކޯގެ ވައިޑާޑް އޭސީ އަދި އަލް އައިން އެވެ.
ކްލަބު ވޯލްޑް ކަޕްގައި ދެން ވާދަކުރާ ޗެލްސީން ލައްވާލީ ގްރޫޕް ޑީގައެވެ އެ ގްރޫޕްގައި ދެން ހިމެނެނީ ފްލެމިންގޯއާއި އެސްޕެރަންސް ސްޕޯޓިވް ޑި ޓިއުނިސީއައި ކްލަބު ލެއޯންއެވެ.
- ގްރޫޕް އޭ: ޕަލްމޭރަސް، އެފްސީ ޕޯޓޯ، އަލް އަހްލީ، އިންޓަ މިއާމީ
- ގްރޫޕް ބީ: ޕީއެސޖީ، އެތުލެޓިކޯ މެޑްރިޑް، ބޮޓަފޯގޯ، ސިއޭޓަލް ސައުންޑާސް
- ގްރޫޕް ސީ: ބަޔާން މިއުނިކް، އޯކްލޭންޑް ސިޓީ، ބޮކަ ޖޫނިއާސް، ބެންފިކާ
- ގްރޫޕް ޑީ: ފްލެމިންގޯ، އެސްޕެރަންސް ސްޕޯޓިވް ޑި ޓުނިސީ، ޗެލްސީ، ކްލަބު ލެއޯން
- ގްރޫޕް އީ: ރިވާ ޕްލޭޓް، އުރަވާ ރެޑް ޑައިމަންޑްސް، މޮންޓެރޭ، އިންޓަ މިލާން
- ގްރޫޕް އެފް: ފްލުމިނެންސް، ބްރޫޝިއާ ޑޯޓްމުންޑް، އުލްސާން، މަމެލޮޑީ ސަންޑައުންސް
- ގްރޫޕް ޖީ: މެންޗެސްޓާ ސިޓީ، ވައިދާދު، އަލް އައިން، ޔުވެންޓަސް
- ގްރޫޕް އެޗް: ރެއާލް މެޑްރިޑް، އަލް ހިލާލް، ޕަޗޫކާ، ސާލްސްބާގު
ފީފާ
ފީފާ
ފީފާ
ފީފާ