އިނގިރޭސި އެފްއޭ ކަޕްގެ ތިންވަނަ ބުރުގައި އާސެނަލާއި މެންޗެސްޓާ ޔުނައިޓެޑް ކުރިމަތިލާން ޖެހިއްޖެއެވެ.
އެންމެފަހުގެ ޗެމްޕިއަން ޔުނައިޓެޑުން، މުބާރާތް ރެކޯޑު 14 ފަހަރު ކާމިޔާބު ކޮށްފައިވާ އާސެނަލާ ވާދަކުރަން ޖެހުނީ އެފްއޭ ކަޕްގެ ތިންވަނަ ބުރުގައެވެ. އެފްއޭ ކަޕްގެ ތިންވަނަ ބުރުގެ މެޗުތައް ކުޅެން ތަވާލު ކޮށްފައި ވަނީ ޖެނުއަރީ 11 ވަނަ ދުވަހަށެވެ.
އެފްއޭ ކަޕްގެ އުސޫލު އޮންނަ ގޮތުން، ޕްރިމިއާ ލީގާއާއި ޗެމްޕިއަންޝިޕްގެ 22 ކްލަބުން މުބާރާތް ފަށާނީ ތިންވަނަ ބުރުން ފެށިގެންނެވެ. އެ 22 ކްލަބާ އެކު ދެން ތިންވަނަ ބުރުގައި ވާދަކުރާނީ 20 ޓީމަކުންނެވެ. އެއީ ދަށް ޑިވިޝަންތަކާއި ނޮން ލީގު ކްލަބުތަކުގެ ތެރެއިން ދެވަނަ ބުރު ފަހަނައަޅާ ގޮސްފައިވާ ޓީމުތަކެވެ.
އެފްއޭ ކަޕް ތިންވަނަ ބުރުގައި ކުޅެން އޮތް އިތުރު މެޗުތަކަށް ބަލާ އިރު، މެންޗެސްޓާ ސިޓީން ނުކުންނަން ޖެހޭނީ ޔުނައިޓެޑްގެ "ކްލާސް އޮފް 92" ގެ ކުޅުންތެރިންގެ ކްލަބު ކަމަށްވާ ސަލްފޯޑު ސިޓީއާ ދެކޮޅަށެވެ. އަދި ލިވަޕޫލުން ތިންވަނަ ޑިވިޝަނުގެ އަކްރިންޓޮން ސްޓޭންލީއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅެން ޖެހޭ އިރު، ޓޮޓެންހަމްއާ ވާދަކުރަން ޖެހުނީ ނޮން ލީގު ކްލަބެއް ކަމަށްވާ ޓެމްވޯތެވެ.
އިނގިރޭސި އެފްއޭ ކަޕް
އިނގިރޭސި އެފްއޭ ކަޕް
އިނގިރޭސި އެފްއޭ ކަޕް
އިނގިރޭސި އެފްއޭ ކަޕް