ހުޅުމާލެ ފަޅުތެރެއިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެއެވެ.
ފުލުހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ އެމީހާގެ ހަށިގަނޑު ފެނިފައިވަނީ ހުޅުމާލޭ ފަޔާ ސްޓޭޝަނާ ދިމާ ފަޅުތެރެއިން ކަމަށެވެ.
އެއީ ފިރިހެނެއް ކަމަށާއި އެ މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެމީހާގެ ހަށިގަނޑު ފެނުނު ސަރަހައްދުގައި ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު