މާލޭގައި ހިންގި މާރީމާރީއެއްގައި މީހަކު ޒަހަމްކޮށްލައިފިއެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި މިރޭ ބުނީ މާފަންނު ޝަހީދު އަލީ ގޯޅީގައި ހުންނަ ކެފޭއެއްގައި މާރާމާރީއެއް ހިންގާފައިވާ މައްސަލައެއް މިރޭ ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ މަރާމާރީގައި އަނިޔާވި އުމުރުން 44 އަހަރުގެ ދިވެހި ފިރިހެނެއް، އައިޖީއެމްއެޗްއަށް ގެންގޮސްފައިވާ ކަމަށާއި އެ މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.