ހޯކްސް ޕްރައިވެޓް ލިމިޓެޑުން ކ. ތިލަފުށީގެ ދެ ބިމެއް 18.7 މިލިއަން ރުފިޔާއަށް ގަނެފިއެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ބެލުމުގެ ދަށުގައި އޮންނަ ތިލަފުށިން، ހޯކްސް ކުންފުނިން ގަނެފައިވަނީ 9.9 މިލިއަން ރުފިޔާއަށް 16،701.59 އަކަފޫޓުގެ ބިމަކާއި 8.7 މިލިއަން ރުފިޔާއަށް 14،777.22 އަކަފޫޓުގެ ބިމެކެވެ.

ސިވިލް ކޯޓުން އިއްޔެ ވަނީ އެޗްޑީސީއާއި ހޯކްސްގެ ދެމެދު ހިނގި އެ މުއާމަލާތަކީ ސައްހަ މުއާމަލާތެއް ކަމަށް ކަނޑައަޅައި އެ ދެ ބިމުގެ މިލްކުވެރި ފަރާތަކީ ހޯކްސް ކުންފުނި ކަމަށް ހުކުމްކޮށްފައެވެ.