ބޮޓްސްވާނާ އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގައި ރާއްޖޭން ވާދަކުރި ރިވައިވަލް ސްޕޯޓްސްއިން ޖުމުލަ ފަސް މެޑަލް ހޯދައިފިއެވެ.
ބީޑަބްލިޔުއެފް ގަބޫލުކުރާ ބޮޓްސްވާނާ އިންޓަނޭޝަނަލް މުބާރާތުގައި ބީޑަބްލިޔުއެފްއިން ވަނީ ސިންގަލްސް ރަން މެޑަލްއެއްގެ އިތުރުން ރިހި މެޑަލްއެއްގެ އިތުރުން މިކްސް ޑަބަލްސް ރިހި މެޑަލްއަކާއި އަންހެން ޑަބަލްސް ލޯ މެޑަލްއާއި ފިރިހެން ޑަބަލްސް ލޯ މެޑަލް ހޯދައިފައެވެ.
މިފަހަރު މުބާރާތުގައި ތާރީހީ ސިންގަލްސް މެޑަލް ހޯދީ ފާތިމަތު ނަބާހާ (ނަބާ)އެވެ. ފައިނަލުގައި އޭނާ ވާދަކުރީ އެއްމާބަނޑު އައިމިނަތު ނަބީހާ (ނަބީ)އާ ދެކޮޅަށެވެ.
ނަބީއާއި ނަބާ ސިންގަލްސް މެޑަލް ހޯދި އިރު، ދެން ރިހި މެޑަލް ހޯދީ މިކްސް ޑަބަލްސް އިވެންޓުންނެވެ. އެއީ ޒަޔާނާއި ނަބާގެ ޕެއާއިން ހޯދި ރިހި މެޑަލްއެކެވެ. ޒަޔާނާއި ނަބާގެ ޕެއާ ފައިނަލުގައި އަޒަރުބައިޖާންގެ އަގީލް ގަބިލޯވާއި އޭރާ މަފްތޫހާ އަތުން ބަލިވީ ވާދަވެރި ކުޅުމަކަށްފަހު، 23-21 އަދި 21-18 އިންނެވެ.
އަންހެން ޑަބަލްސް ސެމީ ފައިނަލުގައި ނަބާއާއި ނަބީގެ ޕެއާ ލަންކާގެ ހަސީނީ އަންބަލަންގޮޑާގޭއާއި ހަސަރާ ވިޖާޔާރަތުނޭގެ ޕެއާ އަތުން ބަލިވީ 21-14 އަދި 21-18 އިންނެވެ. އެ ޕެއާ ސެމީން ބަލިވި ނަމަވެސް ލޯ މެޑަލް ލިބިފައިވެއެވެ.
ފިރިހެން ޑަބަލްސް ސެމީގައި ނިބާލް އަހުމަދާއި ޒަޔާން ވާދަކޮށް ލޯ މެޑަލް ހޯދި އިރު، ސެމީން ބަލިވީ އަޒަރުބައިޖާންގެ އާގިލް ގަބިލޯވް އަދި ޑިކީ ޑްވީ ޕަންގެސްޓޫގެ ޕެއާ އަތުން، 21-16 އަދި 21-8 އިން ސެޓުތައް ގެއްލިގެންނެވެ.
ބޮޓްސްވާނާ އިންޓަނޭޝަނަލް މުބާރާތަށް ރިވައިވަލްއިން ދިޔައީ ޒެމްބިއާ މުބާރާތުންވެސް ކާމިޔާބީތަކެއް ހޯދުމަށްފަހުއެވެ. ޒެމްބިއާ މުބާރާތުން ޖުމުލަ ތިން މެޑަލް ރިވައިވަލްއިން ހޯދި އިރު، ނަބާހާއާއި ނަބީހާގެ ޕެއާއިން ވަނީ އަންހެން ޑަބަލްސް ރަން މެޑަލްވެސް ހޯދައިފައެވެ.
ބެޑްމިންޓަން
ބެޑްމިންޓަން
ބެޑްމިންޓަން
ބެޑްމިންޓަން