ބޮޓްސްވާނާ އިންޓަނޭޝަނަލް ބެޑްމިންޓަން ސީރީސްގެ އަންހެން ސިންގަލްސް ފައިނަލަށް ރާއްޖޭގެ އައިމިނަތު ނަބީހާ (ނަބީ) އާއި ފާތިމަތު ނަބާހާ (ނަބާ) ދަތުރުކޮށްފިއެވެ.
މިއީ ބެޑްމިންޓަން ބައިނަލްއަގުވާމީ މުބާރާތެއްގެ ފައިނަލުގައި ނަބާއާއި ނަބީ ވާދަކުރާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން އެއްމާބަނޑު ދެބެން ވަނީ ރާއްޖޭގެ ގައުމީ ސިންގަލްސް އަންހެން ފައިނަލުގައި ވާދަކޮށްފައެވެ. އެ ދެ ކުޅުންތެރިންނަކީ މިވަގުތުވެސް ރާއްޖޭގެ ބެޑްމިންޓަން ޑަބަލްސް އެންމެ މޮޅު ޕެއާވެސް މެއެވެ.
ނަބާއާއި ނަބީ ސިންގަލްސް ފައިނަލަށް ދިޔައީ މިރޭ ކުޅުނު ސެމީ މެޗުތައް ކާމިޔާބު ކޮށްގެންނެވެ. ނަބާ ސެމީގައި އަޒަރުބައިޖާންގެ ހާޖަރު ނުރިޔޭވާއާ ދެކޮޅަށް ވާދަކޮށް، މޮޅުވީ 21-15 އަދި 21-15 އިން ސެޓުތައް ގެންގޮސްގެންނެވެ.
ނަބީ ސެމީގައި ވާދަކުރީވެސް އަޒަރުބައިޖާންގެ ކުޅުންތެރިޔަކާ ދެކޮޅަށެވެ. އެއީ އީރާ މަފްތޫހާއާ ދެކޮޅަށެވެ. އެ މެޗު ނަބީ ކާމިޔާބުކުރީ 2-1 ސެޓުންނެވެ. ފުރަތަމަ ސެޓު ނަބާ 21-12 އިން ގެންގޮސްފައި ވަނިކޮށް، ދެން ކުޅުނު ސެޓު މަފްތޫހާ ގެންދިޔައީ 22-20 އިންނެވެ. ނަބީ މެޗު ކާމިޔާބުކުރީ 21-8 އިން ފަހު ސެޓު ކާމިޔާބު ކޮށްގެންނެވެ.
ރިވައިވަލްއިން ބޮޓްސްވާނާ މުބާރާތުގައިވެސް ވާދަކުރަމުންދަނީ ދާދިފަހުން ޒެމްބިއާ މުބާރާތުގައިވެސް ވާދަކުރި ކުޅުންތެރިންނެވެ. އެއީ ޒަޔާން ޒަކީއާއި ނިބާލް އަހުމަދުގެ އިތުރުން ރާއްޖޭގެ އަންހެން އެއް ނަމްބަރު ޕެއާ ކަމަށްވާ ނަބާއާއި ނަބީގެ ޕެއާއިންނެވެ.
ރިވައިވަލްއިން ބޮޓްސްވާނާ މުބާރާތުގައި ޖުމުލަ ފަސް އިވެންޓެއްގެ ސެމީއަށް ދަތުރު ކޮށްފައިވާ އިރު، ނިބާލާއި ޒަޔާން ޑަބަލްސް ސެމީގައި ބަލިވީ އަޒަރުބައިޖާންގެ އާގިލް ގަބިލޯވާއި ޑިކީ ޑްވީ ޕަންގެސްޓޫގެ ޕެއާ އަތުންނެވެ. އެއީ 21-6، 21-8 ގެ ސްކޯއަކުންނެވެ.
އަންހެން ޑަބަލްސް ސެމީގައި ނަބާއާއި ނަބީން ނުކުންނަން އޮތީ ލަންކާގެ ހަސީނީ އަމްބަލަންޑޯގޭއާއި ހަސަރާ ވިޖަޔަރަތުނޭއާ ދެކޮޅަށެވެ. އެ މެޗުވެސް މިރޭ އޮންނާނެއެވެ.
ބެޑްމިންޓަން
ބެޑްމިންޓަން
ބެޑްމިންޓަން
ބެޑްމިންޓަން