ހުޅުމާލޭގައި ޑިސެމްބަރު 25 ވަނަ ދުވަހު ފެށުމަށް ތައްޔާރުވެފައިވާ ބަރާބަރު އެފްސީ ފުޓްސަލް ޗެލެންޖުގައި ބައިވެރިވާން ބ. ހިތާދޫ ދާއިރާގެ ޓީމުތަކަށް ފުރުސަތު ހުޅުވާލައިފިއެވެ.
ބަރާބަރު ޓީމުގެ ފަރާތުން އިންތިޒާމު ކޮށްގެން ބާއްވާ މުބާރާތް މި ފަހަރު ހިތާދޫ ދާއިރާގެ ބ. ހިތާދޫ، ބ. ދަރަވަންދޫ އަދި ބ. މާޅޮހުގެ ޓީމުތަކަށް ހުޅުވާލާފައިވާ އިރު، މިއީ ބަރާބަރު ޓީމުގެ ފަރާތުން އިންތިޒާމު ކޮށްގެން ބާއްވާ ދެވަނަ މުބާރާތެވެ. ކުރިން ބޭއްވި މުބާރާތްވެސް ފެނުނީ ކާމިޔާބު މުބާރާތެއްގެ ގޮތުގައެވެ.
މިފަހަރު މުބާރާތުގެ ޓީމުތަކަށް އެ ރަށަށް ނިސްބަތްވާ ކުޅުންތެރިންގެ އިތުރުން، ބ. އަތޮޅު އެހެން ރަށަކުން އެއް ކުޅުންތެރިޔަކު ޖެހުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލައިފައެވެ. ބައިވެރިވުމުގެ ފީއަކީ 1000 ރުފިޔާއެވެ.
ބަރާބަރު ޓީމުން ބުނީ މުބާރާތުގެ މަގުސަދަކީ ދާއިރާގެ ޒުވާނުންގެ މެދުގައި އޮންނަ އެކުވެރިކަން ބަދަހިކޮށް، ފުޓްސަލްގެ ހުނަރުވެރި ކުޅުންތެރިން އުފެއްދުން ކަމަށާއި މުބާރާތް ކުރިއަށް އޮތް ތަނުގައި އިތުރަށް ފުޅާކޮށް ހިންގުމަށް ވިސްނާފައިވާ ކަމަށެވެ.
ބަރާބަރު އެފްސީ ފުޓްސަލް ޗެލެންޖުގައި ބައިވެރިވުމުގެ އިތުރު މައުލޫމާތު ހޯދުމަށް 7507097 އަށް ގުޅުމަށްވެސް އިންތިޒާމުކުރާ ފަރާތުން ބުނެއެވެ. އޭގެ އިތުރުން ފޭސްބުކް ޕޭޖުގައިވާ ފޯމު ފުރާލައިގެންވެސް މި މަހުގެ 28 ވަނަ ދުވަހުގެ ކުރިން ޓީމު ބައިވެރިކުރުމަށް ފުރުސަތު އޮންނާނެއެވެ.
ބަރާބަރު އެފްސީ ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަން ޓީމަށް ވަނީ 10،000 ރުފިޔާގެ ފައިސާގެ އިނާމު ކަނޑައަޅައިފައެވެ.
ފުޓްސަލް
ފުޓްސަލް
ފުޓްސަލް
ފުޓްސަލް