މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ މުވައްޒަފެއްގެ ޒާތީ މައުލޫމާތުތަކެއް ސޯޝަލް މީޑިއާގައި ލީކުވި މައްސަލައެއް ބަލަމުން އަންނަ ކަމަށް އެ އޮތޯރިޓީން ބުނެފިއެވެ.
އެމްއެމްއޭގެ އިސް މުވައްޒަފެއްގެ ވަޒީފާއާ ބެހޭ ޒާތީ މައުލޫމާތުތަކެއް މި ހަފުތާގެ ތެރޭގައި ސޯޝަލް މީޑިއާގެ އެކައުންޓެއްގައި ވަނީ ލީކުކޮށްލައިފައެވެ.
އެކަމާ ގުޅިގެން އެމްއެމްއޭގެ އޮފިޝަލަކު 'ވަން' އަށް މިރޭ ވިދާޅުވީ، އެ އޮތޯރިޓީގެ މުވައްޒަފެއްގެ ޒާތީ މައުލޫމާތު ސޯޝަލް މީޑިއާގައި ލީކުވުމާ ގުޅިގެން އެ އޮތޯރިޓީގެ އިންޓާނަލް އޮޑިޓުން އެކަން ބަލަން ފަށާފައިވާ ކަމަށެވެ. އަދި އެކަމާ ގުޅޭ ބައެއް ކަންކަމުގައި ފުލުހުންގެ ފަންނީ އެހީތެރިކަން ހޯދާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އޮފިޝަލް ވިދާޅުވީ، އޮޑިޓާ ގުޅިގެން މިހާތަނަށް އެއްވެސް މުވައްޒަފަކާ މެދު އަދި ފިޔަވަޅެއް އަޅާފައިނުވާ ކަމަށެވެ. އަދި ފުލުހުން އެމްއެމްއޭއަށް ވަދެ، ބައެެއް ސާމާނު ގެންދިޔަ ކަމަށް ބުނެ މީޑިއާއަކުން ގެނެސްދީފައިވާ ހަބަރަކީ ކަނޑައެޅިގެން ދޮގެއް ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު