ބުރިޖު އެއާޕޯޓް ލައިޓް ކައިރީގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހެއްގެ ހާލު ސީރިއަސްވެ އައިޖީއެމްއެޗުގައި ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ އެ އެކްސިޑެންޓުގެ ރިޕޯޓް ލިބިފައިވަނީ މިއަދު 5:25 އެހާކަންހާއިރު ކަމަށެވެ. އެކްސިޑެންޓުގައި އަނިޔާވީ ސައިކަލުގައި އިން 53 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށާއި އެމީހާގެ ހާލު ސީރިއަސް ކަމަށް އައިޖީއެމްއެޗުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ އެކްސިޑެންޓު ހިނގައިފައިވަނީ އެއާޕޯޓް ލައިޓް ކައިރިން ފެންސުގައި ޖެހިގެން ކަމަށް ފުލުހުން ބުންޏެވެ.

އެ ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.