މާލޭ މަސް މާރުކޭޓު ކައިރީ ފަޅުގައި އަޅާފައި ހުންނަ މަސްދޯނިތަކުން 39 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން ބުނީ، އެ މީހުން އަތުލައިގަތީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން އެ އިދާރާއިން ކުރާ މަސައްކަތުގެ ދަށުން މަސް މާރުކޭޓް ސަރަހައްދުގައި ބިދޭސީން ވިޔަފާރިކޮށް ކޮންޓްރޯލް ކުރަމުންދިޔަ މަސްބޯޓުތަކަށް އަމާޒުކޮށް ހިންގި ހާއްސަ ރެއިޑް އޮޕަރޭޝަނެއްގައި ކަމަށެވެ.
އިމިގްރޭޝަނުން ބުނި ގޮތުގައި މި އޮޕަރޭޝަން ހިންގީ އާންމުންގެ ޝަކުވާތައް ލިބިގެންނެވެ.
އިމިގްރޭޝަނުން ކުރިއަށް ގެންދާ އޮޕަރޭޝަންގެ ދަށުން ބިދޭސީން ދިރިއުޅޭ ތަންތަނާއި އެ މީހުން މަސައްކަތްކުރާ ތަންތަނާއި އެ މީހުން ހިންގާ ވިޔަފާރިތައް ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅޭ މީހުން ދަނީ ޑީޕޯޓް ކުރަމުންނެވެ. އެގޮތުން މިހާތަނަށް 5،000 އަށްވުރެ ގިނަ މީހުން ޑީޕޯޓް ކޮށްލާފައިވާ ކަމަށް އެ އިދާރާ އިން ބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު