ތ. މަޑިފުށީ ކައުންސިލް އިދާރާގެ އާ އިމާރާތުގެ މަސައްކަތް ކުރުމަށް ހަވާލުކުރި ކުންފުންޏަށް 1.6 މިލިއަން ރުފިޔާގެ ގެއްލުމުގެ ބަދަލު ދިނުމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ މައްޗަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމް ބާތިލުކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ހައި ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.

މަޑިފުށީ ކައުންސިލް އިދާރާގެ އިމާރަތުގެ މަސައްކަތް އެލްޖީއޭއިން ހަވާލުކޮށްފައިވަނ އަފާމީ މޯލްޑިވްސް ކުންފުންޏާ އެވެ. އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 18 ނޮވެމްބަރު 2019 ގައެވެ. އެއްބަސްވުމުގެ ދަށުން، މަސައްކަތްކުރުމަށް ޓަކައި، އެލްޖީއޭއިން، އަފާމީ މޯލްޑިވްސްއާ ހަވާލުކުރަންޖެހޭ ބިން 22 ނޮވެމްބަރު 2019 ގައި އަފާމީ މޯލްޑިވްސްއާ ވަނީ ހަވާލުކޮށްފައެވެ. އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ފަށައިގެން ކުރިއަށް ދަނިކޮށް، 29 ނޮވެންބަރު 2019 ދުވަހު ރަށުގެ ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ މަސައްކަތް ހުއްޓުވާފައިވެއެވެ. ނަމަވެސް ކައުންސިލް އިދާރާއިން އަންގައިގެން އަލުން 01 ޑިސެމްބަރު 2019 ގައި މަސައްކަތް އަލުން ފަށައި ކުރިއަށްދަނިކޮށް 13 ޑިސެންބަރު 2019 ގައި އަނެއްކާވެސް ރައްޔިތުން ނުކުމެ މަސައްކަތް ހުއްޓުވައި ތަކެއްޗަށް ގެއްލުންދީފައިވެއެވެ. އެއަށްފަހު 14 ޑިސެންބަރު 2019 ގައި އެލްޖީއޭއިން އަންގައިގެން އަފާމީ މޯލްޑިވްސް އިން މަސައްކަތް ވަގުތީގޮތުން ހުއްޓާލިއެވެ.

މަސައްކަތް ހުއްޓާލުމުގެ ސަބަބުން ލިބެމުންދާ ގެއްލުންތައް ބަޔާންކޮށް ގެއްލުމުގެ ބަދަލަށް އެދުމާއެކު މަސައްކަތް ކުރެވޭނެ ގޮތެއް ހަމަޖައްސައިދިނުން އެދި އަފާމީ މޯލްޑިވްސްގެ ފަރާތުން އެލްޖީއޭއަށް، ސިޓީ ފޮނުވުމުން، މަސައްކަތް ކުރާނެ އެހެން ބިމެއް ހަމަޖައްސައިދޭނެ ކަމަށް އެލްޖީއޭއިން އެންގިއެވެ. ނަމަވެސް އަފާމީ މޯލްޑިވްސްއިން އެންގީ މަސައްކަތް ފެށޭނީ އެހާތަނަށް ލިބުނު ގެއްލުމުގެ ބަދަލު ދިނުމުން ކަމަށެވެ. އަފާމީ މޯލްޑިވްސްއިން އެދުނު ގޮތަށް ގެއްލުމުގެ ބަދަލު ދިނުމަށް އެލްޖީއޭއިން އެއްބަސްވި ނަމަވެސް ފަހުން އެންގީ ބަދަލު ދެވެން ނެތް ކަމަށެވެ.

އެހެންވެ އަފާމީ މޯލްޑިވްސްއިން ވަނީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފައެވެ. އެ ކޯޓުން ހުކުމްކުރީ 1.6 މިލިއަން ރުފިޔާގެ ބަދަލެއް އެލްޖީއޭއިން، އަފާމީ މޯލްޑިސްއަށް ދޭންޖެހޭނެ ކަމަށެވެ. ސިވިލް ކޯޓުގެ އެ ހުކުމް ދައުލަތުގެ ފަރާތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

ދައުލަތުން ހައިކޯޓުގައި ވިދާޅުވީ އަފާމީ މޯލްޑިވްސްއަށް ލިބުނު ގެއްލުން ސާބިތުކޮށްދިނުމަށާއި ގެއްލުން ކުޑަކުރުމަށް ކޮށްފައިވާ މަސައްކަތަށް ރިއާޔަތްކޮށް ގެއްލުމުގެ ބަދަލު ނަގައިދިނުމާއި، ލިބުނު ގެއްލުމަކީ ކޮން ފަރާތެއްގެ ސަބަބުން ލިބުނު ގެއްލުމެއްތޯ ސިވިލް ކޯޓުން ބަލައިފައިނުވާ ކަމަށެވެ. އަފާމީ މޯލްޑިވްސްއިން މި މައްސަލައިގައި ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ ލޮގްފޮތުގެ ސަފުހާތަކަކީ ބަދަލު ދިނުމުގައި އެކަށީގެންވާ ހެކި ނޫން ކަމަށާއި އެއީ އެ ކުންފުނިން އަމިއްލަޔަށް ތައްޔާރުކުރި ތަކެތި ކަމަށެވެ.

މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު އަފާމީ މޯލްޑިވްސްގެ މަސައްކަތް ރައްޔިތުން ނުކުމެ ހުއްޓުވުމާ ގުޅިގެން، ވަގުތީގޮތުން މަސައްކަތް ހުއްޓާލުމަށް ދައުލަތުން އެންގި ކަމަށެވެ. ނަމަވެސް ވަގުތީ ގޮތުން މަސައްކަތް ހުއްޓާލިތާ 28 ދުވަސް ފާއިތުވެގެން ދިޔައިރުވެސް، އެއްބަސްވުމާ އެއްގޮތަށް ކުންފުނިން އެއްބަސްވުން ބާތިލުކޮށްފައިނުވާ ކަމަށެވެ. އެހެންކަމުން އެއީ ގެއްލުން ކުޑަކުރުމަށް މަސައްކަތްކޮށްފައި ނުވުން ކަމަށާއި މަސައްކަތް ކުރިއަށް ގެންދިއުމަށް އޭގެ ފަހުން އެހެން މަސައްކަތު ސައިޓެއް ވެސް އަފާމީ މޯލްޑިވްސްއަށް ދައްކާފައިވާނެ ކަމަށެވެ.

އެ ވާހަކަަތަކާ ގުޅިގެން އަފާމީ މޯލްޑިވްސްގެ ފަރާތުން ބުނީ ގެއްލުން ކުޑަކުރުމުގެ ގޮތުން އެ ކުންފުނިން އެއްވެސް ކަމެއް ކޮށްފައި ނުވާކަމަށް ދައުލަތުން ފާހަގަކުރާއިރު މަސައްކަތް ހުއްޓާލުމަށް އެންގީ ވަގުތީގޮތުން ކަމަށެވެ. އެ މުއްދަތުގައި ތަކެއްޗާއި މުވައްޒަފުން އެހެން ތަނަކަށް ބަދަލުކޮށްފައި ނުވަނީ މަސައްކަތް ފަށަން އަންގައިފާނެ ކަމަށްޓަކައި ކަމަށެވެ. މަސައްކަތް ފެށޭތޯ ތަކުރާރުކޮށް ކަމާބެހޭ ފަރާތްތަކަށް ސިޓީވެސް ފޮނުވިފައިވާނެ ކަމަށެވެ. މަސައްކަތް ހުއްޓާލާތާ 28 ދުވަސް ފަހުން އެއްބަސްވުން ބާތިލުކުރުމުގެ އިހުތިޔާރު ދެފަރާތަށް ވެސް ލިބިގެންވާއިރު ދައުލަތުން ވެސް އެއްބަސްވުން ބާތިލުކޮށްފައި ނުވާކަމަށާއި ކުންފުންޏަށް ލިބުނު ގެއްލުން ސާބިތުކޮށްދިނުމަށް ދަށު ކޯޓަށް ހުށަހެޅި ލޮގްފޮތުގެ ސަފުހާތަކަކީ އެ ރަށު ކައުންސިލުން އެންޑޯޒްކޮށްފައިވާ ތަކެތި ކަމަށެވެ.

ދެ ފަރާތުން ދެއްކި ވާހަކަ އަޑުއެހުމަށްފަހު މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހުސައިން މަޒީދު، އޭނާގެ ރައުޔުގައި ވިދާޅުވީ ގެއްލުމުގެ ބަދަލު ނަގައިދެވޭނީ ގެއްލުން ސާބިތުކޮށްދެވިގެން ކަމަށެވެ. ފަނޑިޔާރު ވިދާޅުވީ އަފާމީ މޯލްޑިވްސްއިން ސިވިލް ކޯޓުގައި އެދުނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި ހަތަރު މިލިއަން ރުފިޔާ ނަގައިދިނުމަށް ކަމަށެވެ. ނަމަވެސް ސިވިލް ކޯޓުން ނަގައިދިނީ 1.6 މިލިއަން ރުފިޔާ ކަމަށެވެ. ބާކީ ފައިސާ ނަަގައިދީފައި ވަނީ ލިބުނު ގެއްލުން ސާބިތުކޮށް ނުދެވުމުގެ ސަބަބުން ކަމަށެވެ. އެހެންކަމުން ސިވިލް ކޯޓުން ބަދަލު ނަގައިދިނުމުގައި އަމަލުކުރީ ރަނގަޅަށް ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

އަފާމީ މޯލްޑިވްސްގެ 13 މުވައްޒަފުން މަސައްކަތު ސައިޓަށް ހާޒިރުވި ނަމަވެސް މަސައްކަތް ނުކުރެވި ދިޔައީ ދައުވާކުރާ ފަރާތުގެ އިހުމާލުން ނޫންކަން ކައުންސިލް އިދާރާއިން ސޮއިކޮށް ތައްގަނޑު ޖަހާފައިވާ ލިޔުންތަކުން އެނގޭ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. ދައުލަތުން ފުރިހަމަ ހެއްކެއް ކަމުގައި ނުބެލެވޭނެ ކަމަށް ފާހަގަކުރާ ލޮގްފޮތުގެ ސަފުހާ ތަކަކީ މަޑިފުށީ ކައުންސިލުން ސޮއިކޮށް، އެ އިދާރާގެ ތައްގަނޑުޖަހާފައިވާ ސަފްހާތަކެއް ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. އަފާމީ މޯލްޑިވްސް އާއި އެލްޖީއޭއާ ދެމެދު ވެފައިވާ ކައުންސިލް އިދާރާގެ އާ އޮފީސް އިމާރާތް ކުރުމުގެ ކަންކަން އެ ރަށުން ބަލަހައްޓަންމުންދިޔައީ އެ ކައުންސިލުން ކަމަށެވެ.

އެކަންކަން ފާހަގަކޮށް ފަނޑިޔާރު ރައުޔު ކަނޑައެޅުއްވީ ދައުލަތުން އެދުނު ގޮތަށް ސިވިލް ކޯޓުގެ ހުކުމަށް ބަދަލު ގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އެ ރައުޔަށް ދެން ތިއްބެވި ފަނޑިޔާރުން ކަމަށްވާ މުހައްމަދު ނިޔާޒް އަދި ފަނޑިޔާރު ހަސަން ޝަފީއު ތާއީދުކުރެއްވިއެވެ.

އެހެންވެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ފަނޑިޔާރު ހުސައިން މަޒީދު ހުކުމްކުރެއްވީ ދައުލަތުން ހުށަހެޅި ކަންކަމުގެ މައްޗަށް ރިއާޔަތްކޮށްގެން ސިވިލް ކޯޓުގެ ހުކުމް ބާތިލުކުރަންޖެހޭ ގާނޫނީ ސަބަބެއް ނެތް ކަމަށެވެ.

އެ ވާހަކަަތަކާ ގުޅިގެން އަފާމީ މޯލްޑިވްސްގެ ފަރާތުން ބުނީ ގެއްލުން ކުޑަކުރުމުގެ ގޮތުން އެ ކުންފުނިން އެއްވެސް ކަމެއް ކޮށްފައިނުވާކަމަށް ދައުލަތުން ފާހަގަކުރާއިރު މަސައްކަތް ހުއްޓާލުމަށް އެންގީ ވަގުތީގޮތުން ކަމަށެވެ. އެމުއްދަތުގައި ތަކެއްޗާއި މުވައްޒަފުން އެހެން ތަނަކަށް ބަދަލުކޮށްފައިނުވަނީ މަސައްކަތް ފަށަން އަންގަފާނެކަމަށްޓަކައި ކަމަށެވެ. އަދި މަސައްކަތް ފެށޭތޯ ތަކުރާރުކޮށް ކަމާބެހޭ ފަރާތްތަކަށް ސިޓީވެސް ފޮނުވިފައިވާނެ ކަމަށެވެ. މަސައްކަތް ހުއްޓާލާތާ 28 ދުވަސް ފަހުން އެއްބަސްވުން ބާތިލްކުރުމުގެ އިހުތިޔާރު ދެފަރާތަށް ވެސް ލިބިގެންވާއިރު ދައުލަތުން ވެސް އެއްބަސްވުން ބާތިލްކޮށްފައިނުވާކަމަށާއި ކުންފުންޏަށް ލިބުނު ގެއްލުން ސާބިތުކޮށްދިނުމަށް ދަށު ކޯޓަށް ހުށަހެޅި ލޮގްފޮތުގެ ސަފުހާތަކަކީ އެ ރަށު ކައުންސިލުން އެންޑޯޒްކޮށްފައިވާ ތަކެތި ކަމަށެވެ.

ދެ ފަރާތުން ދެއްކި ވާހަކަ އަޑުއެހުމަށްފަހު މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައިހުރި ފަނޑިޔާރު ހުސައިން މަޒީދު، އޭނާގެ ރައުޔުގައި ވިދާޅުވީ ގެއްލުމުގެ ބަދަލު ނަގައިދެވޭނީ ގެއްލުން ސާބިތުކޮށްދެވިގެން ކަމަށެވެ. ފަނޑިޔާރު ވިދާޅުވީ އަފާމީ މޯލްޑިވްސްއިން ސިވިލް ކޯޓުގައި އެދުނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި ހަތަރު މިލިއަން ރުފިޔާ ނަގައިދިނުމަށް ކަމަށެވެ. ނަމަވެސް ސިވިލް ކޯޓުން ނަގައިދިނީ 1.6 މިލިއަން ރުފިޔާ ކަމަށެވެ. ބާކީ ފައިސާ ނަަގައިދީފައިވަނީ ލިބުނު ގެއްލުން ސާބިތުކޮށްނުދެވުމުގެ ސަބަބުން ކަމަށެވެ. އެހެންކަމުން ސިވިލް ކޯޓުން ބަދަލު ނަގައިދިނުމުގައި އަމަލުކުރީ ރަނގަޅަށް ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

އަފާމީ މޯލްޑިވްސްގެ 13 މުވައްޒަފުން މަސައްކަތު ސައިޓަށް ހާޒިރުވި ނަމަވެސް މަސައްކަތް ނުކުރެވި ދިޔައީ ދައުވާކުރާ ފަރާތުގެ އިހުމާލުން ނޫންކަން ކައުންސިލް އިދާރާއިން ސޮއިކޮށް ތައްގަނޑު ޖަހާފައިވާ ލިޔުންތަކުން އެނގޭ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. ދައުލަތުން ފުރިހަމަ ހެއްކެއް ކަމުގައި ނުބެލެވޭނެ ކަމަށް ފާހަގަކުރާ ލޮގްފޮތުގެ ސަފުހާ ތަކަކީ މަޑިފުށީ ކައުންސިލުން ސޮއިކޮށް، އެ އިދާރާގެ ތައްގަނޑުޖަހާފައިވާ ސަފްހާތަކެއް ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. އަފާމީ މޯލްޑިވްސްއާއި އެލްޖީއޭއާ ދެމެދު ވެފައިވާ ކައުންސިލް އިދާރާގެ އާ އޮފީސް އިމާރާތް ކުރުމުގެ ކަންކަން އެ ރަށުން ބަލަހައްޓަންމުންދިޔައީ އެ ކައުންސިލުން ކަމަށެވެ.

އެކަންކަން ފާހަގަކޮށް ފަނޑިޔާރު ރައުޔު ކަނޑައެޅުއްވީ ދައުލަތުން އެދުނު ގޮތަށް ސިވިލް ކޯޓުގެ ހުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. އެ ރައުޔަށް ދެންތިއްބެވި ފަނޑިޔާރުން ކަމަށްވާ މުހައްމަދު ނިޔާޒް އަދި ފަނޑިޔާރު ހަސަން ޝަފީއު ތާއީދުކުރެއްވިއެވެ.

އެހެންވެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ފަނޑިޔާރު ހުސައިން މަޒީދު ހުކުމްކުރެއްވީ ދައުލަތުން ހުށަހެޅި ކަންކަމުގެ މައްޗަށް ރިއާޔަތްކޮށްގެން ސިވިލް ކޯޓުގެ ހުކުމް ބާތިލުކުރަންޖެހޭ ގާނޫނީ ސަބަބެއް ނެތް ކަމަށެވެ.