ރިވައިވަލް ސްޕޯޓްސްއިން ވާދަކުރަމުން އަންނަ ޒަމްބިއާ އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ފައިނަލަށް ރާއްޖޭގެ އަންހެން އެއްނަމްބަރު ޕެއާ، ފާތިމަތު ނަބާހާ (ނަބާ)އާއި އައިމިނަތު ނަބީހާ (ނަބީ)ގެ ޕެއާއިން ދަތުރު ކޮށްފިއެވެ.
އަންހެން ޑަބަލްސް ފައިނަލަށް ނަބީއާއި ނަބާގެ ޕެއާއިން ދަތުރުކުރީ އަޒަރްބައިޖާންގެ ޕެއާއާ ވާދަކޮށްގެންނެވެ. އަޒަރްބައިޖާންގެ އީރާ މަފްތޫހާއާއި ހާޖަރު ނުރިޔޭވާގެ ޕެއާ ވާދަކޮށް ނަބާއާއި ނަބީ ފައިނަލް ޔަގީންކުރީ 2-1 ސެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ.
ފުރަތަމަ ސެޓު އަޒަރްބައިޖާންގެ ޕެއާއިން 21-19 އިން ގެންގޮސްފައިވީ ނަމަވެސް ނަބާއާއި ނަބީ ވަނީ ދެން ޖެހިގެން އައި ދެ ސެޓު ރަނގަޅު ކޮންފިޑެންސެއްގައި ކުޅެ، 21-15 އަދި 21-14 އިން ގެންގޮސްފައެވެ.
ނަބާއާއި ނަބީ ޑަބަލްސް ސެމީއަށް ދިޔައި ކުއާޓާގައި ޒެމްބިއާގެ ޕެއާ ފަސޭހަކޮށް، 5-21 އަދި 4-21 އިން ބަލިކޮށްގެންނެވެ.
ޒެމްބިއާ މުބާރާތުގެ އަންހެން ޑަބަލްސް ފައިނަލުގައި ނަބާއާއި ނަބީގެ ޕެއާ މާދަމާ ކުޅޭނީ ސްރީ ލަންކާގެ ހަސީނީ އަމްބަލަންގޮޑަގޭ އާއި ހަސާރާ ވިޖަރަޔަތުނޭގެ ޕެއާއާ ދެކޮޅަށެވެ.
މިފަހަރު ޒެމްބިއާ އިންޓަނޭޝަނަލް ސީރީސްގައި ރިވައިވަލްއިން އިތުރު ކުޅުންތެރިންވެސް ވާދަކުރަމުންދާ އިރު، މިކްސް ޑަބަލްސްގެ ސެމީގައި ޒަޔާން ޒަކީއާއި ނަބާގެ ޕެއާއިން ވާދަކޮށް ބަލިވީ އަޒަރުބައިޖާންގެ އާގިލް ގަބިލޯވް އާއި އީރާގެ ޕެއާ އަތުންނެވެ. އޭގެ އިތުރުން އަންހެން ސިންގަލްސް ސެމީއަށް ރާއްޖޭގެ ނަބާ ދަތުރު ކޮށްފައިވެއެވެ.
އެ ސެމީގައި ނަބާ ބަލިވީ އަޒަރުބައިޖާންގެ އީރާ ކައިރިންނެވެ. އެއީ 2-1 ސެޓުންނެވެ.
ބެޑްމިންޓަން
ބެޑްމިންޓަން
ބެޑްމިންޓަން
ބެޑްމިންޓަން