މި ސީޒަނުގެ ނިޔަލަށް ރޯމާގެ ކޯޗުކަމުގެ މަގާމަށް އިޓަލީގެ ކްލައުޑިއޯ ރަނިއޭރީ ހަމަޖައްސައިފިއެވެ.
އުމުރުން 73 އަހަރުގެ ރަނިއޭރީ ރޯމާގެ ކޯޗުކަމާ ހަވާލުވީ އެ ކްލަބުގެ ވެރިންނަށް ލަފާ ދިނުމުގެ ޒިންމާއާވެސް އެކުގައެވެ. އޭގެ އިތުރުން އަންނަ ސީޒަނަށް ދާއިމީ ކޯޗެއް ހޯދަންވެސް ރަނިއޭރީ އެހީވެދޭނެއެވެ. ރޯމާއިން ބުނީ ސީޒަން ނިމުމާ އެކު ރަނިއޭރީ ކްލަބުގެ ސީނިއާ އެގްޒެކެޓިވެއްގެ ރޯލަށް ބަދަލުވާނެ ކަމަށެވެ.
ރޯމާއަކީ ރަނިއޭރީގެ ހޯމް ކްލަބެވެ. އޭނާ ވަނީ މީގެ ކުރިން ވެސް އެ ކްލަބަށް ދެ ފަހަރެއްގެ މަތިން ކޯޗުކަން ކޮށްދީފައެވެ. އެގޮތުން 2019 ވަނަ ވަގުތީ ކޯޗަކަށް ވެސް ރަނިއޭރީ އެ ކްލަބާ ހަވާލުވިއެވެ. އެންމެފަހުން އޭނާ ރިޓަޔާކުރުމުގެ ކުރިން ރޯމާ ރެލިގޭޝަނުން ސަލާމަތް ކޮށްދީ، ކޯޗިންނާ ދުރަށް ދިޔައީ މޭ މަހުގައެވެ.
ރޯމާގެ ކޯޗު ކަމުގައި މިއަހަރު ފެށީ ޖޯސޭ މޮރީނިއޯއެވެ. އޭނާއަށްފަހު އަށް ވަރަކަށް މަސް ވަންދެން އެ ކްލަބުގެ ކޯޗު ކަމުގައި ހުރީ ކްލަބު ލެޖެންޑް ޑެނިއެލް ޑި ރޮސީއެވެ. އޭނާގެ ނަތީޖާތައް ވެސް ދަށްވެގެން އޭގެ ފަހުން އިވާން ޖުރިކް އެ ކްލަބުގެ ކޯޗަކަށް ހަމަޖައްސައި ކުޅުނު 12 މެޗުން ވެސް ނަތީޖާތައް ރަނގަޅުވެފައެއް ނުވެއެވެ. ނަތީޖާއެއްގެ ގޮތުން މިދިޔަ ހަފުތާ ތެރޭގައި އޭނާ ވެސް މަގާމުން ވަކި ކުރިއެވެ.
ރޯމާ ދަށް ހާލަތެއްގައި އޮއްވައި ހަވާލުވި ރަނިއޭރީއަކީ ކާމިޔާބު ކޯޗެކެވެ. 18 ކްލަބަކަށް 37 އަހަރު ދުވަހު ކޯޗުކަން ކޮށްދިން ރަނިއޭރީގެ އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީއަކީ ލެސްޓާ ސިޓީއާ އެކު 2015-16 ވަނަ އަހަރު ސީޒަންގެ ޕްރިމިއާ ލީގު ކާމިޔާބު ކުރުމެވެ. ރަނިއޭރީ ވަނީ މީގެ ކުރިން ޗެލްސީ އާއި ގްރީސް ގައުމީ ޓީމަށް ވެސް ކޯޗުކަން ކޮށްދީފައެވެ.
އިޓާލިއަން ސެރީއާ
އިޓާލިއަން ސެރީއާ
އިޓާލިއަން ސެރީއާ
އިޓާލިއަން ސެރީއާ