ފުލުހަކު، އޭނާގެ ލޯބިވެރިޔާގެ ބަރަހަނާ ފޮޓޯ ނަގައި ސޯޝަލް މީޑިއާގައި ލީކު ކުރާނެ ކަމަށް ބުނި މައްސަލައެއް ބަލަން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ އެ މައްސަލައިގެ ތުހުމަތުވާ ފުލުހަކީ އއ. މަތިވެރި، ފަޒާ، ޒައިދާން މުހައްމަދު (19އ) ކަމަށާއި އޭނާއަކީ ރެކްރޫޓް ފުލުހެއް ކަމަށެވެ. އަދި އިއްޔެގެ ވަގުތެއްގައި މަތިވެރި މެޖިސްޓްރޭޓް ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
"ޒައިދާން، އޭނާގެ ލޯބިވެރިޔާއަށް ބިރުދައްކައި، އޭނާގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ ސޯޝަލް މީޑިއާގައި ލީކް ކޮށްލާނެ ކަމަށް ބުނެ ބިރުދައްކައި އިންޒާރުދީ، ބްލެކްމެއިލް ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ނޮވެމްބަރު 13 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ވަނީ ހައްޔަރުކޮށްފައި،" ފުލުހުން ބުންޏެވެ.
މަތިވެރި މެޖިސްޓްރޭޓް ކޯޓުން ޒައިދާންގެ ބަންދަށް ތިން ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު