އަންނަ 2025 ވަނަ އަހަރަށް ބަޖެޓްގައި ކެންދޫ ދާއިރާއަށް އެއްވެސް ކަމެއް ކޮށްދޭން ހިމަނާފައި ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު އެމްޑީޕީގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ވިދާޅުވެއްޖެއެވެ.
ބަޖެޓް ބަހުސްގައި މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މެންބަރު ވިދާޅުވީ، މަޖިލީހުގައި ހިމެނޭ ހުރިހާ ދާއިރާގެ ތަރައްގީއަށް ބަޖެޓުގައި ފައިސާ ހިމަނައިފިނަމަ ބަޖެޓް 100 ބިލިޔަނަށް އަރާނެ ކަމަށެވެ.
"ކޮންމެ މެންބަރަކަށް ބަޖެޓްގައި ޖަހާފައިވާ ދެ ބިިލިޔަން ރުފިޔާ ދައްކާފައި މި ބުނަނީ މިއޮތިއްޔެއްނޫންހޭ ތިޔަ މެންބަރުންގެ ދައިރާއަށް ކަނޑައަޅާފައިވާ ފައިސާ އަކީ،"
ދާއިރާގެ ރަށްރަށުގައި ހުރި މައްސަލަތަކުގެ ތެރެއިން، އެ ދާއިރާގެ ރަށަރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމާއި، ރަށްގިރުމާއި، ބަނދަރުތަކާއި، ނަރުދަމާގެ ނިޒާމުގެ މައްސަލަތައް މެންބަރު ވަނީ ފާހަގަ ކުރައްވައިފައެވެ.
ނަމަވެސް މެންބަރު ވިދާޅުވީ، މި ބަޖެޓަކީ ފިކުރަށް ބަލައި ދާއިރާ ބިކަކޮށްލާނެ ބަޖެޓެއް ކަމަށެވެ. އެގޮތުން އިދިކޮޅު އެމްޑީޕީގެ މެންބަރެއް ދާއިރާގެ ރައްޔިތުން ހޮވާފައި ވާތީ އެ ދާއިރާއަށް ބަޖެޓުގައި އެއްވެސް ކަމެއް ނެތީ ކަަމަށްވެސް ވިދާޅުވިއެވެ.
ޒާކިރު ވިދާޅުވީ އެމްޑީޕީގެ މެންބަރެއް އެ ދާއިރާއަށް ހޮވީތީ ދާއިރާގެ ރައްޔިތުންނަށް ޝުުކުރުވެރިވާ ކަމަށެވެ. ދާއިރާގައި ހުރި ކަންބޮޑުވުންތަކަށް ބަޖެޓުން އެހީތެރިކަންހޯދައިދިނުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތްތެއް ކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
އޭނާވަނީ ފިކުރަށް ބަލައިގެން ތަފާތުކުރުންތައް ނުގެންގުޅުމަށާއި އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓުން ހަމަހަމަކަމާއެކު ހުރިހާ ދާއިރާއެއްގެ ރައްޔިތުންގެ ކަންބޮޑުވުންތައް ހައްލު ކޮށްދިނުމަށް ސަރުކާރަށް ގޮވާލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު