ހުޅުމާލެ ނެރު ކައިރިން މަސް ލޯންޗަކާއި އިތުރު ލޯންޗެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނީ މިރޭ 7:36 ހާއިރު ހިނގި އެކްސިޑެންޓުގައި އެތަނުން އެއް ލޯންޗުގައި ތިބި ދެ މީހުންނަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް ލިބުނު އަނިޔާތަކުގެ ތަފުސީލެއް ހާމައެއް ނުކުރެއެވެ.

އެ އެކްސިޑެންޓުގައި އަނިޔާވީ ދެ ފިރިހެނަކަށް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެކްސިޑެންޓުވި މަސް ލޯންޗު އަޑިއަށް ގޮސްފައިވާ ކަމަށެވެ.

ފުލުހުން މިހާރު އަންނަނީ ސީންގައި ހަރަކާތްތެރިވަމުންނެވެ.