ސްކޫލް ދަބަހެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހާގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.

އެ ދަބަސް ވަގަށް ނަގާފައިވަނީ މިދިޔަ އަންގާރަ ދުވަހުގެ ހެނދުނު 8:48 ހާއިރު އަމީރު އަހުމަދުމަގު/ ކަސްތޫރި ގޯޅި ހިމެނޭ ކަންމަތީ ޕާކުކޮފައި ހުރި ސައިކަލެއްގައި ބަހައްޓާފައި ހުއްޓައެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ނ. ވެލިދޫ/ ހިފާޒް، އަހުމަދު މާޖިދު (33އ) އެވެ.

އޭނާގެ ބަންދަށް ކުރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހައިފައެވެ.

ކުރިމިނަލް ކޯޓުގެ ބަންދު އަމުރުގައިވާ ގޮތުން އެ މީހާއަކީ ކުށުގެ ރެކޯޑެއް އޮތް ފަރާތެކެވެ.

އޭނާ ވަގަށް ނެގި ކަމަށް ތުހުމަތުކުރެވޭ ދަބަސް، އެތެރޭގައި ހުރި ތަކެއްޗާއެކު ހޯދައި ވެރިފަރާތާ ވަނީ ހަވާލުކޮށްފައެވެ.