ސްކޫލް ދަބަހެއް ވަގަށް ނެގި ކަމަށް ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރަން ފަށައިފިއެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އެ ދަބަސް ވަގަށް ނަގާފައިވަނީ މިދިޔަ އަންގާރަ ދުވަހުގެ ހެނދުނު 8:48 ހާއިރު އަމީރު އަހުމަދުމަގު/ ކަސްތޫރި ގޯޅި ހިމެނޭ ކަންމަތީ ޕާކުކޮފައި ހުރި ސައިކަލެއްގައި ބަހައްޓާފައި ހުއްޓައި ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ނ. ވެލިދޫ/ ހިފާޒް، އަހުމަދު މާޖިދު (33އ) އެވެ.
އޭނާ ވަގަށް ނެގި ކަމަށް ތުހުމަތުކުރެވޭ ދަބަސް، އެތެރޭގައި ހުރި ތަކެއްޗާއެކު ހޯދައި ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު