ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދަށް 30 ދުވަސް ޖަހައިފިއެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ނ. މާޅެންދޫ/ ފެހިއައްސޭރި، އަހުމަދު ރިސްފާން (32އ) އެވެ. ފުލުހުން އޭނާ ހައްޔަރުކުރީ މިދިޔަ މަހުގެ 27 ގައެވެ.
އެމީހާ ހައްޔަރުކޮށްފައިވަނީ އެ ދުވަހުގެ ހެނދުނު 5:30 ހާއިރު ހުޅުމާލެ ފޭސް ދޭއްގެ ހިޔާ 13 ފުލެޓު ކައިރީގައި ހުރި ޓްރާންސްފޯމަރުގެ ތެރެއަށް ވަދެ ވައްކަން ކުރަން އުޅުމުގެ ތެރޭގައެވެ.
ފުލުހުން މިއަދު ބުނީ އަހުމަދު ރިސްފާން 30 ދުވަހަށް ބަންދު ކުރުމަށް ކޯޓުން އިއްޔެ އަމުރުކޮށްފައިވާ ކަމަށެވެ.
ވައްކަމުގެ އެ މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މިއަހަރުގެ ތެރޭގައި ޓްރާންސްފޯމަރުތަކުން ވައްކަން ކުރާ ގިނަ މައްސަލަތަކެއް ފުލުހަށް ވަނީ ރިޕޯޓުކޮށްފައެވެ. އެގޮތުން މިދިޔަ މާޗް މަހުގެ ތެރޭގައި ޓްރާންސްފޯމަރަކުން ވައްކަން އުޅުނު މީހަކު ވަނީ ކަރަންޓުގައި ޖެހި މަރުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު