ސްޕެއިންގެ ވެލެންސިއާ ސަރަހައްދަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން އެޓީމުން ކޮޕާ ޑެލް ރޭގައި ޕާލާ އެސްކުއޭލާއާ ދެކޮޅަށް ކުޅެން އޮތް މެޗު ފަސްކުރަން ނިންމައިފިއެވެ.
ސްޕެއިންގެ ސަހަރެއް ކަމަށްވާ ޗީވާގައި ފެންބޮޑުވެ، އެތައް ބަޔަކަށް ގެއްލުންތައް ވެފައިވާ އިރު، މިހާތަނަށް 62 މީހަކުވެސް ވަނީ މަރުވެފައެވެ. ވެލެންސިއާ ކައިރި ސަރަހައްދެއް ކަމަށްވާ ޗީވާއަށް މިދިޔަ އަށް ގަޑިއިރު ތެރޭގައި ބޯކޮށް ވާރޭ ވެހިފައިވެއެވެ. އެގޮތުން މިދިޔަ އަހަރު އެއްކޮށް ވެހުނުހާ ވާރޭ، މިދިޔަ އަށް ގަޑިއިރު އެ ސަރަހައްދަށް ވެހިފައިވެއެވެ.
ސްޕެއިންގެ ހަވަނަ ޑިވިޝަނުގެ ކްލަބެއް ކަމަށްވާ އެސްކުއޭލާއާ ދެކޮޅަށް ވެލެންސިއާ ކުޅެން އޮތީ ޕާލާގައެވެ. އެއީ ވެރިރަށް މެޑްރިޑާ 15 މޭލު ދުރުގައި އޮންނަ ސްޓޭޑިއަމެކެވެ. އެ މެޗު ފަސްކުރަން ސްޕެއިންގެ އިދާރާތަކުން ނިންމީ ވެލެންސިއާ އޮތް ހާލަތުންނެވެ.
ސްޕެއިންގެ ފުޓުބޯޅަ އިދާރާއިން ބުނީ ވެލެންސިއާގެ އެހެން މެޗުތަކަށް ހާލަތު ތަންދޭ މިންވަރެއްވެސް ބަލަމުން އަންނަ ކަމަށާއި، ކޮޕާ ޑެލް ރޭ މެޗު ދެން ކުޅޭނީ ނޮމެމްބަރު ހަވަނަ ދުވަހު ކަމަށެވެ.
ވެލެންސިއާއިން ދެން ލީގުގައި ކުޅޭ މެޗުގައި ހޮނިހިރު ދުވަހު ދެން ނުކުންނާނީ ޗެމްޕިއަން ރެއާލް މެޑްރިޑާ ދެކޮޅަށެވެ.
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ