ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބަހާލައިގެން ދިހަ ލޭންޑްމާކް ފަރުމާ ކުރުމުގެ މުބާރާތެއް ހުޅުވާލައިފިއެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރީންނަށް އަމާޒުކޮށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބެހެއްޓުމަށް ޓަކައި ތައްޔާރުކުރެވޭ ލޭންޑްމާކް ފަރުމާ ކުރުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.
މި މުބާރާތުގައި 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށްވެސް ބައިވެރިވެވޭނެ ކަމަށް އެމްއެމްޕީއާރްސީން ބުންޏެވެ.
އެމްއެމްޕީއާރްސީން ބުނީ، މި މުބާރާތުން އެންމެ މަތިން ހޮވޭ ދިހަ ފަރުމާއަކަށް 20،000 ރުފިޔާގެ ފައިސާގެ އިނާމަކާއި ސްޕޮންސާ ކުރާ ފަރާތްތަކުގެ ގިފްޓް ޕެކޭޖެއް ދިނުމަށް ހަމަޖެހިވާ ކަމަށެވެ.
މި މުބާރާތަށް ފަރުމާތައް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 30 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިއެވެ. އެގޮތުން ހުށަހެޅުންތައް [email protected] މެއިލްކޮށްގެން ހުށަހެޅޭނެއެވެ.
މި މުބާރާތާއި ބެހޭ އިތުރު މައުލޫމާތު އަންނަ މަހުގެ 17 ވަނަ ދުވަހުގެ ކުރިން [email protected] އަށް މެއިލް ކުރުމުން ލިބޭނެ ކަމަށް އެމްއެމްޕީއާރްސީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު