ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން، ހަ ރަށަކަށް 300 ބައިސިކަލު ހަދިޔާކޮށްފިއެވެ.
ބީއެމްއެލުން މިއަދު ބުނީ އެ ބައިސިކަލުތައް ބެހުމުގެ މަސައްކަތް ކޮށްފައިވަނީ ހަ ޖަމިއްޔާއެއް މެދުވެރިކޮށް ކަމަށާއި ރާއްޖޭގެ ހަ ރަށެއްގައި ދިރިއުޅޭ 14 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް 300 ބައިސިކަލު ހަދިޔާކުރި ކަމަށެވެ.
އެއީ ޒުވާނުންގެ މެދުގައި ދުޅަހެޔޮ ދިރިއުޅުމެއް އާދަކުރުވުމާއި ތިމާވެއްޓާ ރައްޓެހި ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުންކުރުމަށް ހިތްވަރުދިނުމަށް ބޭންކުން ހިންގި ޕްރޮގްރާމެކެވެ.
- ހއ. ދިއްދޫ - ދިއްދޫ ކުރިމަގު ޖަމިއްޔާ
- ބ. އޭދަފުށި - ވެސްޓް ވިންގްސް
- ކ. މާފުށި - ނިއު ސްޓާ ސްޕޯޓްސް ކްލަބު
- ނ. މަނަދޫ - ޗެސްޓާ
- މ. މުލައް - ކޮމިއުނިޓީ އެންޕަވާމަންޓް ލިންކޭޖު
- ވިލިމާލެ - ސޭވް ދަ ބީޗް
ޚަބަރު
ޚަބަރު
ޚަބަރު