އަށް ރަށަކަށް މެޖިސްޓްރޭޓުން ހޯދަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާނުކޮށްފިއެވެ.
- ހއ. ބާރަށް މެޖިސްޓްރޭޓް ކޯޓް
- ނ. މާފަރު މެޖިސްޓްރޭޓް ކޯޓް
- ބ. ކެންދޫ މެޖިސްޓްރޭޓް ކޯޓް
- ބ. ތުޅާދޫ މެޖިސްޓްރޭޓް ކޯޓް
- ކ. މާފުށި މެޖިސްޓްރޭޓް ކޯޓް (މެޖިސްޓްރޭޓް)
- ކ. ކާށިދޫ މެޖިސްޓްރޭޓް ކޯޓް
- ލ. މާވަށް މެޖިސްޓްރޭޓް ކޯޓް
- ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓް
ޖޭއެސްސީން ބުނީ މާފުށި ފިޔަވައި އެހެން ރަށްތަކަށް ހޯދަނީ އިސް މެޖިސްޓްރޭޓުން ކަމަށެވެ. އެގޮތުން އަސާސީ މުސާރައިގެ ގޮތުގައި 26,350.00 ރުފިޔާ ލިބޭ އިރު، ލިވިން އެލަވެންސްގެ ގޮތުގައި 12،000 އަދި ރިސްކް އެލަވަންސްގެ ގޮތުގައި 1،650 ރުފިޔާ ލިބޭނެއެވެ.
މީގެ އިތުރުން ފޯނު އެލަވަންސާއި މެޑިކަލް އެލަވަންސްވެސް ލިބޭނެއެވެ.
ޖޭއެސްސީން ބުނީ، މެޖިސްޓްރޭޓްކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 20 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން އެ ކޮމިޝަނުގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށް އެކަމަށް އެދި ހުށަހަޅަން ޖެހޭނެ ކަމަށެވެ.
ފަހިރެސް ޕޯޓަލްގެ ލިންކް https://apply.jsc.gov.mv
ޚަބަރު
ޚަބަރު
ޚަބަރު