ވައިގެ މަގުން އިޒްރޭލުން އީރާނަށް ރޭ ދިން ހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އިޒްރޭލުން އީރާނަށް ދިން ހަމަލާއަކީ ބައިނަލްއަގްވާމީ ގާނޫނުތަކާއި އުސޫލުތަކާ ހިލާފަށް ދިން ހަމަލާއެއް ކަމަށާއި މެދުއިރުމަތީގެ ހަމަޖެހުމާއި އިސްތިގުލާލަށް ނުރައްކާވާ ފަދަ ގޮތަކަށް ހިނގަމުންދާ އަމަލުތައް ހުއްޓާލުމަށް ގޮވާލާ ކަމަށެވެ.

އިޒްރޭލުން ރޭ ފަތިހުގެ ވަގުތެއްގައި އިރާނަށް ވައިގެ ހަމަލާތަކެއް ދީފައިވަނީ މިމަހުގެ އެއް ވަނަ ދުވަހު އިރާނުން އިޒްރޭލަށް 300 އަށްވުރެ ގިނަ ބެލިސްޓިކް މިސައިލް ބޭނުން ކޮށްގެން ހަމަލާދީ، އިޒްރޭލަށް އެކިވަރުގެ ގެއްލުންތައް ދީފައިވާތީ، ރައްދު ހަމަލާގެ ގޮތުގައެވެ.

އިޒްރޭލުން ހަމަލާދީފިނަމަ، ރައްދުގައި އިޒްރޭލު ސިހޭނެ ވަރުގެ ހަމަލާއެއް ދޭނެ ކަމަށް އީރާނުން ކުރިން ބުނެފައިވެއެވެ.

އިޒްރޭލުން ފަލަސްތީނުގެ ގާޒާގައި ހިންގަމުން އަންނަ ގަތުލްއާންމުގައި މިހާތަނަށް ގާޒާ އިން ވަނީ 42،000 އަށް ވުރެ ގިނަ މީހުން މަރުވެފައެވެ.