މެޓާގެ ބާނީ އަދި ސީއީއޯ މާކް ޒަކަބާގް އަކީ ޓެކްނޮލޮޖީ ދާއިރާގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ މީހެއްގެ ގޮތުގައި މަޝްހޫރު މީހެކެވެ. ނަމަވެސް، ފަހަކަށް އައިސް، އޭނާ ހެދުން އަޅާ ގޮތާ މެދު އިންޓަނެޓްގައި ގިނަ ވާހަކަތަކެއް ދެކެވެމުންދެއެވެ. މި ބިލިއަނަރުގެ އަމިއްލަ ސްޓައިލް މިހާރު ވަނީ ހަބަރުތަކުގެ ސުރުހީތަކަށް އަރާފައެވެ.

އެންމެ ފަހުން މިކަން ފާހަގަކުރެވުނީ އޭނާގެ އަންހެނުންގެ އުފަންދުވަހަށް ތީމެއްގޮތަށް ހެދުން އެޅުމުންނެވެ. މީގެ ކުރިން އަބަދުވެސް މާކް ފެނިގެންދިޔަ އަޅި ޓީޝާޓުން ފެށިގެން މިހާރު އުޖާލާކޮށް ފެންނަ ހެދުންތައް އެޅުމާ ހަމައަށް އައިސްފައިވާ ދަތުރުން ގިނަ ބަޔަކު ވަނީ ހައިރާންވެފައެވެ. މިއީ މާކްގެ ސްޓައިލް ބަދަލުވެފައިވާ ގޮތުގެ ނަޒަރެކެވެ.

މި ހަފުތާގައި، މާކް އޭނާގެ އަންހެނުން ޕްރިސިލާ ޗަންގެ އުފަންދުވަސް ފާހަގަކުރިއެވެ. އިންސްޓަގްރާމްގައި ފޮޓޯތައް ޝެއަާކުރަމުން، މެޓާގެ ބާނީ ލިޔުނީ، "ޑިސްކޯ ކުއީނަށް ޕާޓީއެއް ބޭނުންވިއެވެ." މި ފޮޓޯތަކުގައި، 2012 އިން ފެށިގެން ކައިވެނިކޮށްގެން އުޅޭ އަދި ޕްރިސިލާއާއެކު ތިން ދަރިން ލިބިފައިވާ މާކް، ހުދު ފަޓުލޫނަކާއި ދެބައިކުޅަ އެއްބައި ހުޅުވާލާފައިވާ ކަޅު ބަޓަން-ޑައުން ގަމީހެއް ލައި، އޭގެ މަތީން އުޖާލާކޮށް ފެންނަ ޕެޓަން ޖެހި ޖެކެޓެއް ލައިގެން ހުރި ތަން ފެނެއެވެ.

މެޓާގެ ބާނީ ޓެކްނޮލޮޖީގެ ދުނިޔެއަށް ފާޅުވެގެން އައީ މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމް ފޭސްބުކް އުފެއްދި ޒުވާން ކޯޑިން ޕްރޮޑިޖީއެއްގެ ގޮތުގައެވެ.

އެ ދުވަސްވަރު، އޭނާ މަޝްހޫރުވެފައިވަނީ އާދައިގެ ސާދާ ސްޓައިލަކަށެވެ. މިގޮތުން އޭނާ ގިނައިން ލަނީ އަޅި ޓީޝާޓެވެ. މި ސްޓައިލް އޭގެ ފަހުން އައި ގިނަ އަހަރުތަކެއް ވަންދެންވެސް ދެމިހުރި ތަން ފެނުނެވެ.

ޗުއްޓީއަށް ދިޔަ ވަގުތުތަކުގައި ނުވަތަ އަންހެނުންނާއި ތިން ދަރީންނާއެކު ހުސްވަގުތު ހޭދަކުރާއިރުވެސް، މާކް އިޚްތިޔާރުކުރަނީ ފަސޭހަ އަޅި ޓީޝާޓެކެވެ. އަދި މި ޓީޝާޓާއެކު އޭނާ ސޯޓެއް ނުވަތަ ކަޅުކުލައިގެ ޑެނިމް ޖީންސެ އްލައިގެން ހުންނަތަން ފެނެއެވެ.

މީގެ މަދު އަހަރުތަކެއް ކުރިން، މި ޓެކްނޮލޮޖީ ބިލިއަނަރު އަގުބޮޑުހެން ހީވާ ކެޝްމިއާ ސްވެޓަރުތައް ލާންފެށިއެވެ. އަދި މި ސްވެޓަރުތަކާއެކު ރަނގަޅަށް ހަށިގަނޑަށް ފެތޭ ޖީންސް ލާން ފެށިއެވެ. ނަމަވެސް، އޭނާގެ އާ ފެޝަން ޒަމާން ފެށުނީ ގާތްގަނޑަކަށް 40 ވަނަ އުފަންދުވަހުގެ ތެރޭގައެވެ. އެއީ އޭނާ ރަން ފަށެއް އަޅައި، ކަޅު ކުލައިގެ ޕްރިންޓް ޖަހާފައިވާ ދޫ ޓީޝާޓެއް ލައިގެން ހުރި ވަގުތެވެ.

އަނަންތް އަމްބާނީ އާއި ރާދިކާ މަރޗަންޓްގެ ކައިވެނީގެ ހަފުލާތަކަށް، ކްލެސިކް ކަޅު ސޫޓެއް ލައިގެން މާކް ދިޔައެވެ. ނަމަވެސް އެއީ ވެސް ތަފާތު ގޮތަކަށެވެ. މި ހަފުލާތަކަށް އޭނާ ލައިގެން ދިޔަ އެލެގްޒެންޑާ މެކްކުއީންގެ ސޫޓް ހުރީ ދޫނި ތަކަކުން ޒީނަތްތެރިކޮށްފައެވެ. ދެވަނަ ސްޓައިލަކީ އެހެން ހަފުލާއަކަށް ލައިގެން ދިޔަ ހެދުމެކެވެ. މާކް އެ ހަފުލާއަށް ލައިގެން ދިޔައީ ހުދު ލިނަން ފަޓުލޫނަކާއި ރާހުލް މިޝްރާ ޑިޒައިންކޮށްފައިވާ ޕްރިންޓެޑް އޯގަންޒާ ގަމީހެކެވެ.

މެޓާ ކަނެކްޓް އިވެންޓްތަކުގެ ތެރެއިން އެއް އިވެންޓެއްގައި، މާކް ސްޓޭޖަށް އަރާފައިވަނީ މުޅިން ކަޅު ކުލައިގެ ބޮޑު ޓީޝާޓެއް ލައިގެންނެވެ. މި ޓީޝާޓުގެ ކުރިމަތީގައި ލެޓިން ބަހުން ލިޔެފައިވާ "އޯޓް ޒަކް، އޯޓް ނިހިލް" މި އިބާރާތް ޕްރިންޓްކޮށްފައިވެއެވެ. މި އިބާރާތުގެ މާނައަކީ "ޒަކް ނޫނީ އެއްވެސް އެއްޗެއް ނޫން" އެވެ. އިންޓަނެޓްގައި މީހުންނަށް މިކަން ފެނުނީ ލަދުގަންނަން ޖެހޭ ކަމެއްގެ ގޮތުގައެވެ. ނަމަވެސް، މި ހެދުމަކީ އޭނާ ކުރީގެ ދުވަސްތަކުގައި އަޅަމުން އައި ހެދުންތަކާ ވަރަށް ބޮޑަށް ތަފާތު އެއްޗެކެވެ.

މެޓާގެ ބާނީގެ ސްޓައިލް ބަދަލުވަމުން ދިއުން ފެންނަނީ ކުރިއަށް ދާތަނެވެ. މިހާރު އޭނާގެ ވޯޑްރޯބްގައި ހިމެނެނީ ދޫކޮށް ފަރުމާކޮށްފައިވާ ކްރޫނެކް ޓޮޕްތަކާއި، ހަމުގެ ޖެކެޓްތަކާއި، ކެޝްމިއަރ ސްވެޓަރުތަކާއި، ހަށިގަނޑަށް ރަނގަޅަށް ފެތޭ ޑެނިމް ޖީންސްތަކެވެ.