ގުޅިފަޅު ކައިރިން ދެ ލޯންޗެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި 12 މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން މިރޭ ބުނީ އެ އެކްސިޑެންޓުގެ ރިޕޯޓް ލިބިފައިވަނީ މިރޭ 7:34 އެހާކަންހާއިރު ކަމަށެވެ. އެ ހާދިސާގައި އަނިޔާވި 12 މީހަކު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށްވެސް ބުންޏެވެ.

އަނިޔާވި އެއްވެސް މީހެއްގެ ހާލު ސީރިއަސް ނޫން ކަމަށް ހޮސްޕިޓަލުން މައުލޫމާތުދޭ ކަމަށާއި އެކްސިޑެންޓު ހިނގި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.