މެދުރާއްޖެތެރޭގެ ރަށެއްގައި ޓީޗަރަކު ދަރިވަރުންތަކެއް ގްރޫމްކުރި ކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ، ސައުތް ސެންޓްރަލް ޕޮލިސް (މ،ފ،ދ،ތ އަދި ލ) ގައި ހިމެނޭ ރަށެއްގެ ސްކޫލުގައި މަސައްކަތް ކުރާ ފިރިހެން ޓީޗަރެއް ދަރިވަރުންގެ އުމުރާ ނުގުޅޭ ވާހަކަ ދައްކައި ގްރޫމްކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މި މަހުގެ 17 ގައި އެ ސާވިސްއަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ، އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

ފުލުހުން ބުނީ ކުޑަކުދިންނާ ގުޅޭ މައްސަލަތަކީ ސީރިއަސް މައްސަލަތަކެއް ކަމަށްވާތީ، ކުއްޖާގެ ވަނަވަރު ރައްކާތެރިކުރުމުގެ ގޮތުން އެ ކުއްޖާގެ ރަށާއި އަތޮޅު ހާމަ ނުކުރާނެ ކަމަށެވެ.