މާލޭގެ މާވެޔޮ މަގުގެ ފިހާރައެއްގެ ދޮރު ހަލާކުކޮށްލައިގެން އެތެރެއަށް ވަދެ ވައްކަން ކުރި މައްސަލައަކާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ ރޭ ފަތިހު 4:20 ހާއިރު ފުލުހުން މާލެ ތެރެ ޕެޓްރޯލް ކުރަމުން ދިޔަ އިރު، މާވެޔޮ މަގުގެ ފިހާރައެއްގެ ދޮރު ހަލާކުކޮށްލައިގެން ބަޔަކު ވައްކަން ކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖް ބަލައި، ވައްކަން ކުރި ކަމަށް ތުހުމަތު ކުރެވޭ ތިން މީހުން ހޯދައި އެ މީހުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި އެ ފިހާރައިން އެ މީހުން ވަގަށް ނެގި ކަމަށް ބެލެވޭ ފައިސާ އާއި ސިނގިރޭޓް ކާޓޫނުތަކެއް ހޯދާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލައިގައި ފުލުހުން ހައްޔަރުކުރީ ގދ. ވާދޫ، އަތަމާގޭ، އިހުސާން އިބްރާހިމް، 26އ. އާއި ގދ. ވާދޫ، ލިލީގޭ، މުހައްމަދު ސަބާހު، 46އ. އާއި ރ. އިނގުރައިދޫ، ދަނބުރުއްދޮށުގޭ، އިބްރާހިމް މުހައްމަދު ރަޝީދު، 34އ. އެވެ.
އެ މީހުންގެ ބަންދުގެ މުއްދަތު ޖަހުމަށް ކޯޓަށް ހާޒިރުކުރުމުން، އިހުސާންގެ ބަންދަށް 30 ދުވަސް އަދި އިބްރާހިމް މުހައްމަދު ރަޝީދާއި ސޮބާހުގެ ބަންދަށް 15 ދުވަސް ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު