އައްޑޫ ސިޓީ ހިތަދޫގެ ފިހާރައަކަށް ވަދެ ސޭޓަށް ބިރު ދައްކައި ފޭރުނު މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.
މީޑިއާތަކަށް ފުލުހުން މިއަދު ފޮނުވި މެސެޖެއްގައި ބުނީ، މިދިޔަ ހޯމަ ދުވަހު ހުށަހެޅި މައްސަލައާ ގުޅިގެން ކޯޓް އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ 40 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ ހައްޔަރުކުރީ އިއްޔެ ކަމަށްވެސް ބުންޏެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުން އެ ފިހާރައަށް ވަދެ ސޭޓަށް ބިރު ދެއްކުމުގައި ދެ މީހަކު ބައިވެރިވެއެވެ. އެކަކު ބިރު ދައްކާފައިވަނީ ދަގަނޑު ބުރިއެއް ފަދަ އެއްޗަކުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު