މުދަލު ޒަކާތުގެ ގޮތުގައި ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް 12 މިލިއަނަށް ވުރެ ގިނަ ރުފިޔާ ބަހައިފި އެވެ.
މޯލްޑިވްސް ޒަކާތު ހައުސް އިން މިއަދު އާންމުކުރި މިދިޔަ މަހުގެ ތަފާސްހިސާބުތަކުގައިވާ ގޮތުން މުދަލު ޒަކާތުގެ ގޮތުގައި ވަނީ 12،736,000 ރުފިޔާ ބަހައިފައެވެ. މި އަހަރަކީ މުދަލު ޒަކާތުގެ ފައިސާ ފަގީރުންނާއި މިސްކީނުންނަށް އެންމެ ގިނައިން ބޮލަކަށް ބެހި އަހަރެވެ.
މުދަލު ޒަކާތުގެ ފައިސާ ބަހަން ފެށީ މިދިޔަ މަހު 13 ގަ އެވެ.
މި އަހަރު މުދަލު ޒަކާތުގެ ގޮތުގައި، މާލެ އާއި އަތޮޅުތަކުން ޖުމުލަ 3،183 މީހަކަށް، ބޮލަކަށް 4،000ރ. ބަހާފައިވެ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ބެހީ ބޮލަކަށް 3،500 ރުފިޔާއެވެ.
ޚަބަރު
ޚަބަރު
ޚަބަރު