ސާފް ވުމަންސް ޗެމްޕިއަންޝިޕް 2024 ގައި ވާދަކުރުމަށް ގައުމީ އަންހެން ފުޓުބޯޅަ ޓީމު ނޭޕާލަށް ފުރައިފިއެވެ.
ސައުތް އޭޝިއާގެ އެންމެ ބޮޑު އަންހެން ފުޓުބޯޅަ މުބާރާތް މިފަހަރު ނޭޕާލުގައި އޮންނާނީ މި މަހުގެ 17 އިން 30 ވަނަ ދުވަހާ ހަމައަށެވެ. އެއީ ނޭޕާލުގެ ކަތަމަންޑޫގައެވެ. ރާއްޖޭ ޓީމުން މިފަހަރު މުބާރާތަށް ނުކުންނަނީ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ގެ އިރުޝާދުގެ ދަށުންނެވެ.
އަންހެން ސާފް ޗެމްޕިއަންޝިޕްގައި ހަތް ޓީމަކުން ވާދަކުރާއިރު، ޓީމުތައް ވާދަކުރެވެމުން ދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އޭގައި ހިމެނެނީ އެންމެފަހުގެ ޗެމްޕިއަން ބަންގްލަދޭޝާއި އިންޑިއާގެ އިތުރުން ޕާކިސްތާނެވެ. ގްރޫޕް ބީގައި ރާއްޖެ އާއެކު ދެން ހިމެނެނީ ނޭޕާލާއި ސްރީ ލަންކާގެ އިތުރުން ބޫޓާނެވެ.
ރާއްޖެއިން ކުޅޭ ފުރަތަމަ މެޗުގައި ސްރީ ލަންކާއާ ދެކޮޅަށް އޮކްޓޯބަރު 18 ވަނަ ދުވަހު ނުކުންނައިރު، ދެން ގްރޫޕް ސްޓޭޖުގައި ކުޅޭނީ ނޭޕާލާ ދެކޮޅަށެވެ. އެއީ 21 އޮކްޓޯބަރުގައެވެ. ގްރޫޕް ސްޓޭޖުގައި ރާއްޖެ އިން ބޫޓާނާ ދެކޮޅަށް ނުކުންނާނީ 24 އޮކްޓޯބަރު ގައެވެ.
- ޝިޔާނާ އަހުމަދު ޒުހައިރު
- އައިމިނަތު ޒާހިޔާ
- ރިޝްމާ އަބްދުﷲ
- މައީޝާ އަބްދުލް ހައްނާން
- އައިޝަތު އަލްތާފް މުހައްމަދު
- މަރިޔަމް ނޫރާ
- ސާއިގާ ހަސަން (ގޯލްކީޕަރު)
- ފާތިމަތު އިނާޝާ އާދަމް
- އައިޝަތު ރަވީނާ
- ޝަފިއްޔާ ރަފާ
- ހައްވާ ހަނީފާ
- ފާތިމަތު ޝަހުމާ
- ރާނިޔާ އިބްރާހީމް
- މަރިޔަމް ރިފާ
- އައިޝަތު ލީޒާ (ގޯލްކީޕަރު)
- ފާތިމަތު އަފްޒާ
- ޒުލައިހާ ހަބީބު
- އައިމިނަތު ފަޒްލާ
- މަރިޔަމް ޝަފާ ބިންތު އަހުމަދު އަލީ
- އައިޝަތު އަމީޝާ ސަލާމް
- ފާތިމަތު ސައުސަން (ގޯލްކީޕަރު)
- ފާތިމަތު ސިބާތު ހަނީފް
- ޝަފާ ޝިއުތު
ރާއްޖެއިން މިފަހަރު ސާފް ޗެމްޕިއަންޝިޕަށް ދިޔައިރު، ރާއްޖޭގެ އަންހެން ފުޓުބޯޅަ ލީގެއް އަދިވެސް ކުރިއަކަށް ނުދެއެވެ. އޭގެ އިތުރުން އަންހެން ފުޓުބޯޅައަށް ހާއްސަ މުބާރާތްތަކެއްވެސް ރާއްޖޭގައި ކުރިއަށް ނުދާކަން ފާހަގަކޮށްލަންޖެހެއެވެ. ގިނަ އަންހެން ފުޓުބޯޅަ ކުޅުންތެރިންނަކީ އަހަރު ތެރޭގައި ކޮންމެވެސް ވަރަކަށް ފުޓްސަލް މުބާރާތްތަކެއް ކުޅުނު ނަމަވެސް، އެއްވެސް ވަރަކަށް ފުޓުބޯޅަ މެޗުތައް ނުކުޅެ މުބާރާތަށްދާ ކުޅުންތެރިންނެވެ. އެހެންކަމުން ރާއްޖެއަށް މުބާރާތުގައި ބޮޑު ޗެލެންޖަކާ ކުރިމަތިލާން ޖެހޭނެއެވެ.
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު