ސްނޯކްލިންގް އަށް ގޮސް އުޅުނު ފަތުރުވެރިޔަކު މަރުވެފައި އޮއްވާ ފެނިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު މީޑިޔާތަކަށް ބުނީ އއ. ގަންގެހި ރިސޯޓު ބޭރަށް ސްނޯކްލިންއަށް ގޮސް އުޅުނު ފަތުރުވެރިޔަކު މަރުވެފައިވާ ކަމަށް އިއްޔެގެ 11:22 ހާއިރު ރިޕޯޓުކުރިކަމަށެވެ.

އެމީހާ ރަސްދޫ ހެލްތު ސެންޓަރަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހެލްތު ސެންޓަރުން މައުލޫމާތުދީފައިވާކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެމީހާ އަކީ ރަސްދޫ ގެސްޓް ހައުސްއެއްގައި ޗުއްޓީ ހޭދަކުރަމުންދިޔަ ޗައިނާގެ 27 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.