މިސްރުން ދެން ކުޅެން ޖެހޭ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ކޮލިފިކޭޝަން މެޗުގައި މުހައްމަދު ސަލާހް ނުކުޅޭނެ ކަމަށާއި، އޭނާއަށް ކްލަބަށް އެނބުރި ދާން ރިލީސް ދީފައިވާ ކަމަށް މިސްރުގެ ގައުމީ ޓީމުން ބުނެފިއެވެ.
އުމުރުން 32 އަހަރުގެ ސަލާހް އެނބުރި ކްލަބަށް ދިޔަކަން ލިވަޕޫލުން ވަނީ ޔަގީން ކޮށްދީފައެވެ. އެ ކްލަބުން ބުނީ މިސްރުން ރިލީސް ދިނުމުގެ ސަބަބުން އެނބުރި އިނގިރޭސިވިލާތަށް އައިސްފައިވާ ކަމަށެވެ.
މިސްރުން މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް ބްރޭކްގައި މޮރިޓާނިއާއާ ދެކޮޅަށް މިހާރު މެޗެއް ކުޅެފައިވެއެވެ. އެގޮތުން 2-0 ގެ ނަތީޖާއަކުން މޮޅުވި ފުރަތަމަ މެޗުގައި ސަލާހް ވަނީ މޮރިޓާނިއާއާ ދެކޮޅަށް ގޯލުވެސް ޖަހައިފައެވެ. މިސްރުން މި އިންޓަނޭޝަނަލް ބްރޭކްގައި ކުޅޭ ދެވަނަ މެޗުގައި އަންނަ އަންގާރަ ދުވަހުވެސް މޮރިޓާނިއާއާ ދެކޮޅަށް ނުކުންނާނެއެވެ.
މޮރިޓާނިއާގެ މޫސުމީ ހާލަތު އޮތް ގޮތުން އެ މެޗު ކުޅޭނީ ޓާފް ދަނޑެއްގައި ކަމަށް މިސްރުގެ ކޯޗު، ހޮސާމް ހަސަން ވަނީ ބުނެފައެވެ. އޭނާ ބުނީ ޓާފް ދަނޑެއްގައި ކުޅެން ޖެހުމަކީ އަނިޔާގެ މައްސަލަތައް ދިމާވާނެ ސަބަބެއްކަން އެނގޭ ކަމަށާއި، އަނިޔާގެ މައްސަލަތައް ދިމާވެދާނެތީ ބައެއް ކުޅުންތެރިންނަށް ރިލީސް ދީފައިވާ ކަމަށެވެ.
އެފްރިކަން ކަޕް އޮފް ނޭޝަންސްއަށް ކޮލިފައިވާން މިވަގުތު މިސްރަށް ގްރޫޕް ސްޓޭޖުގައި ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ.
ސަލާހްގެ އިތުރުން ނެދަލޭންޑްސްގެ ކެޕްޓަން ވާޖިލް ވެން ޑައިކްވެސް މިހާރު ވަނީ އެނބުރި ލިވަޕޫލަށް ގޮސްފައެވެ. އެއީ އެންމެފަހުން ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާއެކުގައެވެ.
މުހައްމަދު ސަލާހު
މުހައްމަދު ސަލާހު
މުހައްމަދު ސަލާހު
މުހައްމަދު ސަލާހު