މި ދުވަސްވަރަކީ ވައިގަދަ އަދި ވިއްސާރަ ކުރަމުންދާ ދުވަސްވަރަކަށްވާތީ ބުރިޖާއި ހައިވޭއިން ދަތުރުކުރާއިރު ސަމާލުވާން ފުލުހުން އިލްތިމާސްކޮށްފިއެވެ.
ފުލުހުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ބުރިޖާއި ހައިވޭގައި ސައިކަލު ދުއްވާއިރު ކުޑަ ނަގައިގެން ނުދުއްވުމަށާއި ފަސޭހައިން ހަލާކުވެ ވަޔާދާ ފަދަ ކޯޓު ލައިގެން ދަތުރުނުކުރުމަށް އެދިފައެވެ. ބުރިޖުން ދަތުރުކުރާއިރު ހެލްމެޓް ވަޔާ ނުދާނެހެން ރަނގަޅަށް އެޅުމަށާއި އުޅަނދުގެ ލައިޓު ދިއްލޭތޯ ބަލައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްގެން އުޅަނދު ދުއްވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ފުލުހުން އިތުރަށް ވަނީ، ބުރިޖު އަދި ހައިވޭއިން ދަތުރުކުރާއިރު ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައިގެން އުޅަނދު ދުއްވުމަށްވެސް އިލްތިމާސްކޮށްފައެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން މިއަދު ވަނީ ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ވައިޓް އެލާޓް އަދި ރ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ޔެލޯ އެލާޓް ނެރެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު