މާލޭގައި ތިން އަހަރުގެ ކުއްޖެއްގެ ގައިގައި ސައިކަލަކުން ޖެހި އަނިޔާވެއްޖެއެވެ.

މީޑިއާތަކަށް ފުލުހުން މިރޭ ފޮނުވި މެސެޖެއްގައި ބުނީ، މިއަދު 3:40 އެހާކަންހާއިރު ހިނގި އެ އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ތިން އަހަރުގެ ކުއްޖަކަށް ކަމަށެވެ. އެ ކުއްޖާގެ ގައިގައި ސައިކަލުން ޖެހުނީ މަޖީދީ މަގު، ވިލާ މާޓު ކައިރި ކަފިހިހުރަހުން މަގު ހުރަސް އުޅުމުގެ ތެރޭގައި ކަމަށާއި އެކްސިޑެންޓުގައި ކުއްޖާ ވެއްޓި ނިއްކުރިމަތި ދުޅަވެގެން އައިޖީއެމްއެޗަށް ގެންދިޔަ ކަމަށްވެސް ބުންޏެވެ.

އެ ކުއްޖާ މަގު ހުރަސްކުރަން އުޅުނީ އެކަނި ކަމެއް ނުވަތަ މީހަކާއެކު ކަމެއް ފުލުހުން ނުބުނެއެވެ.

ފުލުހުން ބުނީ، އެކްސިޑެންޓުވި ސައިކަލު ދުއްވަން އިނީ ލައިސެންސް އޮންނަ ދިވެހި ފިރިހެނެއް ކަމަށެވެ. އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ބުންޏެވެ.