ޕިކަޕު ބެޓްރިތަކެއް ވަގަށް ނެގި މައްސަލައަކާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ މިއަދު 6:54 އެހާކަންހާއިރު، ފަރީދީމަގާއި ޗާންދަނީމަގާ ގުޅޭ ހިސާބުން ދުއްވާފައި ދިޔަ ޕިކަޕެއްގެ ތެރޭގައި ތިބި ބަޔަކާ މެދު ތުހުމަތު ކުރެވިގެން ބަލައި ފާސްކުރި އިރު، ވަގަށް ނަގައިފައިވާ ކަމަށް ބެލެވޭ ޕިކަޕެއްގެ 12 ބެޓްރި ފެނިފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ، ސ. މަރަދޫފޭދޫ، މާކަރީލައިޓް، އަލީ އަހުސަން (32އ) އަދި ސ. ފޭދޫ، އަނަސް، މުހައްމަދު ނިޒާދު (43އ) ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.