ގަތަރާއި ފްރާންސުން ލުބުނާނަށް އިންސާނީ އެހީ ފޯރުކޮށްދީފިއެވެ.

ފްރާންސާއި ގަތަރުން ލުބުނާނަށް އިންސާނީ އެހީ ފޯރުކޮށްދީފައިވާއިރު އިސްރާއީލުން ލުބުނާނުގައި ހިންގަމުން ގެންދާ ގަތުލް އާންމު ހުއްޓާލުމަށް ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ މަޝްވަރާތައްވެސް ދެގައުމު ގުޅިގެން އަންނަނީ ހިންގަމުންނެވެ.

ފްރާންސާއި ގަތަރުން ވަނީ މިލިޓަރީ ފްލައިޓުތައް ބޭނުންކޮށްގެން 27 މެޓްރިކްޓަނުގެ ބޭހާއި އަސާސީ ބޭނުންތަކަށް ބޭނުންވާ ސާމާނު ފޮނުވާފައިކަމަށް އޮފިޝަލުން ބުނެއެވެ.

ފްރާންސުން ވަނީ ލުބުނާނަކީ އެގައުމާ ގާތް ގައުމެއް ކަމަށް ބުނެ، އެމެރިކާ މެދުވެރިކޮށް މެދުއިރުމަތީގައި ހިންގަމުންދާ ހަމަނުޖެހުންތައް ހުއްޓުވުމަށް މަސައްކަތްކުރާ ކަމަށް ބުނެފައެވެ.

އިސްރާއީލުން ލުބުނާނަށް ހަމަލާ ދޭން ފެށުމާއެކު އެގައުމުގެ އެތައް ހާސް އާންމުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުވާން ފަށާފައެވެ. ފްރާންސާއި ގަތަރު ގުޅިގެން ވަނީ ލުބުނާނުގައި އަނިޔާ ލިބެމުންދާ މީހުންނަށް އެހީވުމަށް ހަރަކާތްތެރިވާ އެގައުމުގެ އާންމު ގުރޫޕުތަކަށް ވެސް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ.