ރާއްޖޭގައި އިންޑިއާގެ ރުޕޭ ކާޑު ބޭނުންކުރެވޭ ގޮތަށް، މިއަދު އިފްތިތާހުކޮށްފިއެވެ.
ރުޕޭ ކާޑު ރާއްޖޭގައި ބޭނުންކުރެވޭ ގޮތް ހަދާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ރައީސް މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބައްދަލުކުރެއްވުމަށް ފަހު، ދެ ބޭފުޅުން އެކުގައި ދެއްވި ޖޮއިންޓް ސްޓޭޓްމަންޓް ފެއްޓެވުމުގެ ކުރިން ވަނީ ރާއްޖޭގައި ރުޕޭގެ ފުރަތަމަ ޓްރާންސެކްޝަން ހެދި މަންޒަރު ދައްކައިލައިފައެވެ. އެންމެ ފުރަތަމަ ޓްރާންސެކްޝަން ކާޑު ބޭނުންކޮށްގެން ކޮށްފައިވަނީ އޮތެންޓިކް މޯލްޑިވްސްގެ ފިހާރައެއްގައެވެ.
ޖޮއިންޓް ސްޓޭޓްމަންޓްގައި މޯދީ ވަނީ، ކުރިއަށް އޮތް ތަނުގައި ރާއްޖޭގައި އިންޑިއާގެ އިންސްޓެންޓު ސިސްޓަމް، ޔުނިފައިޑް ޕޭމަންޓު އިންޓަފޭސް (ޔޫޕީއައި)ގެ ހިދުމަތް ވެސް ފަށާނެ ކަމަށް ވިދާޅުވެފައެވެ. އެ ކަމަށްޓަކައި މިހާރު ވަނީ އެމްއޯޔޫއެއްގައި ސޮއިވެސް ކޮށްފައެވެ.
ޔުޕީއައި ޕޭމެންޓް އިންޑިއާގައި ތައާރަފުކޮށްފައި ވަނީ 2016 ވަނަ އަހަރެވެ.
ރުޕޭ ކާޑު ތައާރަފުކުރުމާ އެކު ބީއެމްއެލްގެ އޭޓީއެމްތަކާއި ޕީއޯއެސް މެޝިން އަދި އެހެނިހެން ޑިޖިޓަލް ޗެނަލްތަކުގައި ވެސް ރުޕޭ ކާޑު ބޭނުންކުރެވޭނެ އެވެ. ރުޕޭއަކީ ޑެބިޓް އަދި ކްރެޑިޓް ކާޑު ޕޭމަންޓް ނެޓްވޯކެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު