އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށްގެން ހިންގާ މަކަރާއި ހީލަތުގެ އަމަލުތައް އިތުރުވަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ބުނީ އުމުރުން ދުވަސްވީ މީހުންގެ އަތުން ފޭރެނީ އެ މީހުންނާ ދިމާވެ، ދަންނަ މީހެއްގެ ގޮތުގައި ތައާރަފުވުމަށްފަހު އިތުބާރު ހޯދައި އެކި ތަންތަނަށް ގެންގޮސްގެން ކަމަށެވެ.
އެހެންވެ ފުލުހުން ވަނީ އެފަދަ ކުށްތަކަށް އަރައިގަންނަ ފަރާތްތަކާމެދު ސަމާލުވުމަށް ދުވަސްވީ މީހުންނާއި އެ މީހުންގެ އާއިލާތަކަށް އިލްތިމާސްކޮށްފައެވެ. އަދި އެފަދަ ކަމެއް ދިމާވެއްޖެ ނަމަ ނުވަތަ ތުހުމަތު ކުރެވިއްޖެނަމަ ފުލުހުންގެ ނަންބަރު 3322111 އަށް ނުވަތަ އިމަޖެންސީ ނަންބަރު 119 އަށް ގުޅައި ރިޕޯޓް ކުރަންވެސް އެދިފައިވެއެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި، މިދިޔަ ޖުލައި މަހުގެ ނިޔަލަށް ސްކޭމްގެ 1،302 މައްސަލަ އެ އިދާރާއަށް ރިޕޯޓްކޮށްފައިވެއެވެ.
ޚަބަރު
ޚަބަރު