ޗެލްސީ މިހާރު އޮތް ހާލަތުން މި ވަގުތު އަދި މެންޗެސްޓާ ސިޓީއާއި އާސެނަލާ ތައްޓަށް ވާދަނުކުރެވޭނެ ކަމަށް ކޯޗު އެންޒޯ މަރެސްކާ ބުނެފިއެވެ.
އިޓަލީއަށް ނިސްބަތްވާ ކޯޗު މަރެސްކާ މި ސީޒަނަށް ޗެލްސީއާ ހަވާލުވެ، އޭނާ ވަނީ އެ ކްލަބާއެކު ކާމިޔާބު ފެށުމަކުން ފަށައިފައެވެ. މިދިޔަ ދެ ސީޒަނެއްގައި ޗެލްސީގެ ފޯމު ވަރަށް ބޮޑަށް ދަށްކޮށް ފެނިގެން ގޮސްފައިވާއިރު، މި ސީޒަންގައި މިހާތަނަށް ކުޅުނު 10 މެޗުގެ ތެރެއިން ހަތް މެޗުން ޗެލްސީ ވަނީ މޮޅުވެފައެވެ. އެ 10 މެޗުން 27 ގޯލު ޗެލްސީން ޖަހާފައިވާއިރު، މި ވަގުތު އެ ޓީމުން ލީގު ތާވަލުގެ ހަތަރު ވަނައިގައި އޮތީ އެއްވަނައިގައި އޮތް ލިޕޫލަށްވުރެ ދެ ޕޮއިންޓް ފަހަތުގައެވެ.
ޗެލްސީ މި ވަގުތު ރަނގަޅު ފޯމެއްގައި އޮތް ނަމަވެސް ކޯޗު މަރެސްކާ ގަބޫލުކުރާ ގޮތުގައި އެ ޓީމަށް އަދި ތައްޓަށް ވާދަކުރަން އުނދަގޫވާނެއެވެ.
"އަހަރެން ގަބޫލެއް ނުކުރަން ޗެލްސީއަށް ސިޓީއާއި އާސެނަލާ ވާދަކުރެވޭނެ ކަމަކަށް. އެއީ އަހަރެން ގަބޫލެއް ނުކުރަން ޗެލްސީ މި ވަގުތު ތައްޓަށް ވާދަކުރަން ތައްޔާރު ކަމަކަށް. އެއް ސަބަބަކީ ސިޓީން މިހާރު ހުރި ކޯޗާއެކު މަސައްކަތް ކުރާތާ ނުވަ އަހަރުވެފައި ވާތީ. އަދި އާސެނަލް އިން މިހާރު ހުރި ކޯޗާއެކު މަސައްކަތް ކުރާތާ ފަސް އަހަރު ވެއްޖެ. ބޮޑެތި ތައްޓަށް ވާދަކުރަން ވަގުތު ބޭނުންވާނެ،" މަރެސްކާ ބުންޏެވެ.
މަރެސްކާ ބުނީ އެންމެފަހުން އާސެނަލް އިން ޕީއެސްޖީއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ޕީއެސްޖީ ކޯޗު ލުއިސް އެންރިކޭވެސް އެ ވާހަކަ ފާހަގަކުރި ކަމަށާއި ފުޓްބޯޅައިގައި ވަގުތު މުހިންމުވާނެ ކަމަށެވެ.
ޗެލްސީ
ޗެލްސީ
ޗެލްސީ
ޗެލްސީ