"ކޯޑް އޮފް ކޯޕަރޭޓް ގަވަނެސް ފޯ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް"އާ ހިލާފަށް ސަރުކާރު ކުންފުނިތަކުން އަހަރީ އާންމު ޖަލްސާ ނުބޭއްވުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އަންގައިފިއެވެ.
ޕީސީބީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ "ކޯޑް އޮފް ކޯޕަރޭޓް ގަވަނެސް ފޯ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް" ގެ އާޓިކަލް 18 ގެ ވަނަ ނަންބަރުގައި ބަޔާންކޮށްފައިވަނީ، ކުންފުނިތަކުން އަހަރީ އާންމު ޖަލްސާ ބާއްވަންވާނީ ޕީސީބީގެ އޮފިޝަލުން އަދި ފިނޭންސް މިނިސްޓްރީގެ އޮފިޝަލުން ހިމެނޭ ގޮތަށް ކަމަށެވެ. ނަމަވެސް އެ ކޯޑާ ހިލާފަށް ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުން އަމަލު ކުރަމުންދާކަން ޕީސީބީގެ މޮނޮޓަރިންއަށް ފާހަގަވެފައިވާ ކަމަށް ޕީސީބީން ބުންޏެވެ.
"އެހެންކަމުން، އަހަރީ އާންމު ޖަލްސާ އަދި ހާއްސަ ގޮތުން ބާއްވާ އާންމު ޖަލްސާތައް އިންތިޒާމު ކުރުމުގައި، އިސްވެ ދެންނެވުނު ގަވަނެސް ކޯޑާ އެއްގޮތްވާ ގޮތުގެ މަތިން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ އޮފިޝަލުންނާއި، މިނިސްޓްރީ އޮފް ފިނޭންސް އޮފިޝަލުން ހިމެނޭކަން ކަށަވަރުކުރެއްވުމަށް ދަންނަވަމެވެ..،" ޕީސީބީން ބުންޏެވެ.
އަހަރީ އާންމު ޖަލްސާ ބޭއްވުމުގެ ކުރިން ކުންފުނިތަކާ ހިއްސާކޮށްފައިވާ އޮންލައިން ޗެކްލިސްޓް ފޯމު ފުރިހަމަކުރުމަށް ވެސް ޕީސީބީން ވަނީ ކުންފުނިތަކަށް އަންގައިފައެވެ. އެ ފޯމުގެ ލިންކު ކުންފުނީގެ ސެކްރެޓަރީންނާ ހިއްސާކޮށްފައިވާނެ ކަމަށް ޕީސީބީން ބުންޏެވެ.
ޕީސީބީގެ އެންގުންތަކަށް ކުންފުނިތަކަށް އަމަލުކުރުމަކީ "ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓާކޮށް އިވެލުއޭޓްކުރުމުގެ ގާނޫނު"ގެ ދަށުން ސަރުކާރު ކުންފުނިތަކަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަނަށް ލާޒިމުކަމެއް ކަމަށް ޕީސީބީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު