ޒަަހަމްތަކާއެކު މަރުވެފައި އޮތް ބިދޭސީއަކު އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ދެންމެ ބުނެފިއެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އެ މީހާ އައިޖީއެމްއެޗަށް ގެންގޮސްފައިވަނީ މިއަދު ފަތިހުގެ ވަގުތެއްގައި ކަމަށެވެ. ހޮސްޕިޓަލަށް ގެންދިޔައިރުވެސް އެ މީހާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށްވެސް ބުންޏެވެ.

ފުލުހުން އިތުރަށް ބުނީ، އެ މީހާއަކީ ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރާ އިންޑިއާގެ އެފްކޮންސްގެ މުވައްޒަފެއްކަން މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށެވެ.

ނަމަވެސް އެއީ ކޮން ގައުމެއްގެ މީހެއް ކަމެއް އަދި އޭނާ ފެނުނީ ކޮންތަނަކުން ކަމެއް ފުލުހުން ނުބުނެއެވެ. އަދި އޭނާއަށް ލިބިފައިވާ ޒަހަމްތަކުގެ ތަފުސީލެއްވެސް އަދި ނުލިބެއެވެ.