އުސްފަސްގަނޑު ސަރަހައްދުގެ މޫދުން މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުން މިއަދު ބުނީ މިއަދު ހަވީރު 5:06 ހާއިރު އެ ސަރަހައްދުގެ މޫދުގައި މީހަކު މަރުވެފައި އޮތްކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ.

މަރުވެފައި އޮއްވައި ފެނިފައިވަނީ ދިވެހި ފިރިހެނެއް ކަމަށާއި އޭނާ އައިޖީއެމްއެޗްއަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މަރުވެފައި އޮއްވައި ފެނުނީ އެމްޑީޕީގެ ކުރީގެ އެކްޓިވިސްޓް، ހ. ވެލަސްފަރުގެ، އިބްރާހިމް ޖައުހަރީ (62އ) އެވެ. އޭނާ ވަނީ ކުރިން ބައެއް މީޑިއާތަކުގައި ފޮޓޯގްރާފަރަކަށް ވެސް މަސައްކަތްކޮށްފައެވެ.

ފުލުހުން ބުނީ ޖައުހަރީ މަރުވި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.