ގޭންގު ކުށްތަކާ ގުޅޭ އަށް މައްސަލައެއްގައި ދައުވާކުރަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް) އަށް ފޮނުވާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ގޭންގު ކްރައިމް އެންފޯސްމަންޓުން ކޮށްފައިވާ މަސައްކަތުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ފުރަތަމަ އަށް މަހު ގޭންގު ކުށްތަކާ ގުޅޭ 22 މައްސަލައެއް ވަނީ ފުލުހުންނަށް ހުށަހަޅައިފައެވެ.

  • ހުއްޓުވައި ސުވާލު ކުރެވުނު އަދަދު - 12،253 މީހުން
  • 18 އަހަރު ފުރިފައިވާ މީހުންގެ އަދަދު - 2،583 މީހުން
  • ކުޑަކުދިން ހުއްޓުވައި ސުވާލު ކުރެވުނު އަދަދު - 2،014 މީހުން
  • 18 އަހަރުން ދަށުގެ ކުދިންގެ އަދަދު - 331 މީހުން
  • ޗެކް ކުރެވުނު އުޅަނދުގެ އަދަދު - 173 އުޅަނދު
  • ސަރަހައްދުތައް ޗެކް ކުރެވުނު އަދަދު - 87،775 ސަރަހައްދު
  • ގޮނޑި އަދި މޭޒު ނެގުނު ސަރަހައްދު - ދެ ސަރަހައްދު
  • ފޮހެލެވުނު ގްރެފިޓީގެ އަދަދު - 37 ސަރަހައްދު
  • ޖުމުލަ ހައްޔަރު ކުރެވުނު މީހުންގެ އަދަދު - 67 މީހުން
  • ފުލުހުންގެ ހައްޔަރުގައި ތިބި މީހުންގެ އަދަދު - 22 މީހުން
  • ރިމާންޑް ޖަލަށް ބަދަލު ކުރެވުނު އަދަދު - 15 މީހުން
  • ބަންދުން ދޫ ކުރެވުނު މީހުންގެ އަދަދު - 30 މީހުން

ފުލުހުން ބުނީ، ގޭންގު ކުށްތަކާ ގުޅިގެން މިއަހަރުގެ ފުރަތަމަ އަށް މަހުގެ ތެރޭގައި ހުށަހެޅުނު 22 މައްސަލައިގެ ތެރެއިން އަށް މައްސަލައެއް ޕީޖީއަށް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން މައްސަލަތަކެއް ކަމެއް ސާފެއް ނޫނެވެ.