ސްޕެއިންގެ ބާސެލޯނާ އިން ދެން ކުޅޭ ޗެމްޕިއަންސް ލީގު އަވޭ މެޗަށް ޓިކެޓް ނުވިއްކޭނެ ކަމަށް ޔޫއެފާ އިން ބުނެފިއެވެ.
އަވޭ މެޗުގައި ބާސާއަށް ޓިކެޓް ނުވިއްކޭނެ ފަދަ ގޮތަކަށް އަދަބު ދޭން ނިންމާފައިވަނީ އެ ޓީމުގެ ސަޕޯޓާރުންގެ ފަރާތުން އެންމެފަހުން ޗެމްޕިއަންސް ލީގުގައި މޮނާކޯއާ ދެކޮޅަށް ކުޅުނު މެޗުގައި ނަސްލީ ގޮތުން ދިމާކުރި ކަމަށް ފެންމަތިވި މައްސަލަތަކެއްގެ ސަބަބުންނެވެ. އަވޭ މެޗަށް ޓިކެޓް ނުވިއްކޭނެ ކަމަށް އެންގުމުގެ އިތުރުން ޔޫއެފާ އިން ވަނީ އެ ކްލަބު 10،000 ޔޫރޯއިން ޖޫރިމަނާވެސް ކޮށްފައެވެ.
މިދިޔަ ސީޒަނުގައިވެސް ބާސާއަށް ވަނީ އެފަދަ އަދަބެއް ލިބިފައެވެ. ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލުގައި އެ ޓީމުން ޕީއެސްޖީއާ ދެކޮޅަށް ކުޅުނު މެޗު ތެރެއިން ބާސާ ސަޕޯޓަރުންގެ ފަރާތުން ނަސްލީ ދިމާކުރުންތަކުގެ އަމަލުތައް ފެނިގެން ދިޔުމުން، ޔޫއެފާއިން ވަނީ އަވޭ މެޗަކަށް ޓިކެޓް ވިއްކުން މަނާކޮށްފައެވެ. އެ އަދަބު ތަންފީޒުވެގެން ދިޔައީ މި ސީޒަނުގައެވެ.
މިފަހަރު ލިބުނު އަދަބާއެކު ދެން އަވޭގައި ބާސާއިން ރެޑް ސްޓާ ބެލްގްރާޑާ ދެކޮޅަށް ކުޅޭ މެޗަށް އެ ޓީމުގެ ސަޕޯޓަރުންނަށް ނުވަދެވޭނެއެވެ. ބާސާއިން އެމެޗު ކުޅޭނީ ނޮވެމްބަރު މަހުގެ ހަވަނަ ދުވަހުއެވެ. މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ބާސާއިން ކުޅުނު ފުރަތަމަ މެޗުގައި މޮނާކޯ ކައިރިން ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ.
ބާސެލޯނާ
ބާސެލޯނާ
ބާސެލޯނާ
ބާސެލޯނާ