ޝަހުސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު ތިން މީހަކު އަތުލައިގެންފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އެ ތިން މީހުންގެ ތެރެއިން ދެ މީހަކު އަތުލައިގަތީ މިދިޔަ މަހު ކަމަށާއި ދެން ހުރި މީހާ އަތުލައިގަތީ މިދިޔަ ޖުލައި މަހު ކަމަށެވެ. އެ އެންމެންވެސް އަތުލައިގަތީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށްވެސް ބުންޏެވެ.
އިމިގްރޭޝަނުން ބުނި ގޮތުގައި، ޖުލައި މަހު އަތުލައިގަތީ 25 އަހަރުގެ ފިރިހެނެކެވެ. އޮގަސްޓް މަހު އަތުލައިގަތީ 23 އަހަރުގެ ފިރިހެނަކާއި 21 އަހަރުގެ ފިރިހެނެކެވެ.
ނަމަވެސް މިއީ ކޮން ގައުމެއްގެ ބައެއް ކަމެއް ނުބުނެއެވެ. އަދި އެ މީހުންނާމެދު އަމަލުކުރި ގޮތެއްވެސް ނުބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު